ކ. މާލެ
|
30 އޮކްޓޯބަރ 2022 | އާދީއްތަ 16:00
މާފުށި ޖަލު - އޮފިސަރ މަރުވެފައިވަނީ ގެނބިގެން
މާފުށި ޖަލު - އޮފިސަރ މަރުވެފައިވަނީ ގެނބިގެން
ޓްވިޓަރ
ޖަލު އޮފިސަރެއް ނިޔާވުން
ތަމްރީނު ހަދަމުން ދިޔަ ޖަލު އޮފިސަރެއް ގެނބިގެން މަރުވެއްޖެ
ނިޔާވި މިއަދު މެންދުރު ހާއިރު
ނިޔާވި މައްސަލަ ފުލުހުންނާއި ގުޅިގެން ދަނީ ތަހުގީގު ކުރަމުން

މާފުށީ ޖަލުގައި ތަމްރީނު ހަދަމުންދިޔަ އޮފިސަރެއް ގެނބިގެން މަރު ވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ވެސް ވަނީ މިކަން ޔަގީން ކޮށް ދީފައެވެ. އޭނާ މަރުވީ މިއަދު މެންދުރެއް ހާއިރު ކަމަށް ވެސް ކަރެކްޝަނުން ބުނެއެވެ.

ކަރެކްޝަނުން ބުނެފައިވަނީ އޮފިސަރ މަރުވި މައްސަލަ ފުލުހުންނާއި ގުޅިގެން ތަހުގީގުކުރަމުން އަންނަ ކަމަށެވެ. މިހާދިސާގައި މަރުވެފައިވަނީ ޓްރެއިނިންގހަދަމުން ދިޔަ 19 އަހަރުގެ އަންހެން އޮފިސަރެކެވެ.

މިހާދިސާގެ މައުލޫމާތު އޭނާގެ އާއިލާއަށް ދީފައިވާ ކަމަށް ކަރެކްޝަނުން މައުލޫމާތު ދީފައި ވެއެވެ.

- ކޮމެންޓް