ކ. މާލެ
|
23 ޖޫން 2017 | ހުކުރު 10:30
ރެކޯޑިންގ އެއް ނެތް ކަމަށް ޓްރަމްޕް ވިދާޅުވީ އެފަދަ އެއްޗެއް އޮތް ނަމަ ކޮންގްރެސްއަށް ހުށަހެޅުމަށް އަންގަވާފައި ވަނިކޮށް
ރެކޯޑިންގ އެއް ނެތް ކަމަށް ޓްރަމްޕް ވިދާޅުވީ އެފަދަ އެއްޗެއް އޮތް ނަމަ ކޮންގްރެސްއަށް ހުށަހެޅުމަށް އަންގަވާފައި ވަނިކޮށް
ގެޓީ އިމޭޖަސް
އެފްބީއައިގެ ވެރިޔާ ވަކިކުރުން
އެފްބީއައިގެ ކުރީގެ ވެރިޔާ ކޯމޭގެ ވާހަކަތައް ރެކޯޑް ނުކުރައްވާ ކަަމަށް ޓްރަމްޕް ވިދާޅުވެެއްޖެ
ކޯމޭ ވަކިކުރެއްވީ މެއިމަހުގެ ތެރޭ
ރައީސް ޓްރަމްޕް ވަނީ މެއި މަހު ކޯމޭ ވަކިކުރެއްވުމާއެކު އެފަދަ ރިކޯޑިންގަތަކެއް ހުރި ކަމުގެ އިޝާރާތްތައް ދެއްވާފައި

އެފްބީއައިގެ ކުރީގެ ޑިރެކްޓަރ ޖޭމްސް ކޯމޭގެ ވާހަކަތައް ސިއްރުން ރެކޯޑް ކުރައްވާފައި ނުވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

 ރައީީސް ޓްރަމް މިހެން ވިދާޅުވެފައި މިވަނީ ކޯމޭގެ ވާހަކަތައް ރެކޯޑް ކުރެއްވި ކަމަށް ކުރިން އިޝާރާތެއް ދެއްވުމަށް ފަހުއެވެ.

ރައީސް ޓްރަމްޕް ކުުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފަައި ވަނީ"ނުކުރަން، އަދި އަހަރެން އަތުގައި އެފަދަ ރެކޯޑިންގއެއް ވެސް ނެތް," ކަމަށެވެ.

 ރައީސް ޓްރަމްޕް މިފަދައިން ޓްވީޓް ކުރައްވާފައި މިވަނީ އެފަދަ އެއްވެސް ޓޭޕެއް އޮތް ނަމަ ކޮންގްރެސްއަށް ހުށަހަޅުއްވަން އެެއް ދުވަހަށް ވެފައި ވަނިކޮށެވެ.

ރައީސް ޓްރަމްޕް ވަނީ މެއި މަހު ކޯމޭ ވަކިކުރެއްވުމާ އެކު އެފަދަ ރިކޯޑިންގަތަކެއް ހުރި ކަމުގެ އިޝާރާތްތައް ދެއްވަން ފައްޓަވާފައެވެ.

އޭރު ކުރެއްވި އެެއް ޓްވީޓެއްގައި ޓްރަމްޕް ވިދާޅުވެފައި ވަނީ "އަޅުގަނޑުމެން ދެ މީހުން ދެއްކި ވާހަކައިގެ ޓޭޕެެއް ނެތް ކަމަށް އުއްމީދު ކުރުން ރަނގަޅު،" ކަމަށެވެ.

ކޯމޭ ވަކި ކުރެެއްވީ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ރައީސް ޓްރަމްޕްގެ ކެމްޕެއިން ޓީމްގައި އުޅުއްވި ފަރާތްތަކާއި ރަޝިއާއާ ދެމެދު އޮތް ކަމަށް ތުހުމަތު ކުރެވުނު ގުޅުންތައް އަދި އިންތިޚާބަށް ނުފޫޒު ފޯރުވަން ރަޝިއާއިން މަސައްކަތްކުރި ކަަމަށް ބުނާ ވާހަކަތައް ތަހުގީގު ކުރައްވަން ފެއްޓެވުމުންނެވެ.

ކޯމޭ ވަކި ކުރެއްވުމަށް ފަހު ޓްރަމްޕް ކުރެއްވި ޓްވީޓަކީ ކޮންމެ ނިޔަތެއްގައި ކުރައްވާފައިވާ ޓްވީޓެއް ނަމަވެސް ނަތީޖާއަކަށް ވެގެން ދިޔައީ ޚާއްސަ ކައުންސެލެއް އެކުލަވާލައި އެ ކައުންސިލުން ތަހުގީގު ފެށުމެވެ.

- ކޮމެންޓް