ކ. މާލެ
|
23 ޖޫން 2017 | ހުކުރު 09:47
ޗޮއި ސޫން-ސިލްގެ މައްޗަށް ފުރަތަމަ ސާބިތު ކުރީ އޭނާގެ އަންހެން ދަރިފުޅަށް މަގުފަހިވާނެހެންް ދައުލަތުގެ ތެރެއިން ކަންތައްތަކެއް ކުރުން
ޗޮއި ސޫން-ސިލްގެ މައްޗަށް ފުރަތަމަ ސާބިތު ކުރީ އޭނާގެ އަންހެން ދަރިފުޅަށް މަގުފަހިވާނެހެންް ދައުލަތުގެ ތެރެއިން ކަންތައްތަކެއް ކުރުން
ސުޕުނިޓްނިކް އިންޓަނޭޝަނަލް
ޕާކްގެ ކޮރަޕްޝަން
ދެކުނު ކޮރެއާގެ ކުރީގެ ރައީސްގެ އެކުވެރިޔާ ތިން އަހަރަށް ޖަލަށް ލައިފި
ޗޮއި ސޫން-ސިލްގެ މައްޗަށް ފުރަތަމަ ސާބިތު ކުރީ އޭނާގެ އަންހެން ދަރިފުޅަށް މަގުފަހިވާނެހެންް ދައުލަތުގެ ތެރެއިން ކަންތައްތަކެއް ކުރުން
ޗޮއިވަނީ އޭނާގެ އަންހެން ދަރިފުޅު ނުހަދާ އިމްތިޙާނަކަށް މާކްސް ހޯދަން މަސައްކަތް ކޮށްފައި

ދެކުނު ކޮރެއާގެ ކުރީގެ ރައީސްގެ ގާތް އެކުވެރިޔާ ކޮރަޕްޝަނުގެ މައްސަލައިގައި ތިން އަހަރަށް ޖަލަށް ލައިފިއެވެ.

ޗޮއި ސޫން-ސިލްގެ މައްޗަށް ފުރަތަމަ ސާބިތު ކުރީ އޭނާގެ އަންހެން ދަރިފުޅަށް މަގުފަހިވާނެހެންް ދައުލަތުގެ ތެރެއިން ކަންތައްތަކެއް ކުރުމެވެ.

ރައީސް ޕާކް ގިއުން ހައިގެ ގާތް އެކުވެރިޔަކަށް ހުންނަވައި ނުފޫޒުން ކަންތައްތަތަކެއް ކުރަން މަސައްކަތް ކުރުމުގެ ނަތީޖާއަކަށްވެގެން ގޮސްފައި ވަނީ އެ ތުހުމަތުތަކުގެ ތެެރެއިން އެކަމަނާގެ ވެރިކަން ވެއްޓި ދެ ބޭފުޅުންގެ މައްޗަށް ވެސް ދައުވާ އުފުލުމެވެ.

މިހާރު މަގާމުން ދުރުކުރެވި އަދި ޝަރީއަތް ހިންގެމުންދާ ކުރީގެ ރައީސް ޕާކް ގިއުން ހައިގެ އެޑްވައިޒަރެއްގެ ގޮތުގައި ޗޮއި ސޫން ސިލް އެތައް އަހަރަކު މަސައްކަތް ކުރެއްވިއެވެ.

ޗޮއިގެ މައްޗަށްވަނީ ރައީސް ޕާކް އަށްޓަކައި ރިޝްވަތު ގަބޫލުކުރިކަމުގެ ދައުވާ ވެސް ކުރެވިފައެވެ.

ކޮރަޕްޝަނުގެ އެންމެހާ ތުހުމަތުތައް ޕާކް ދޮގުކުރައްވައެވެ.

ޗޮއިގެ މައްޗަށް މިފަހަރު ސާބިތުވި ކުށަކީ އޭނާގެ އަންހެން ދަރިފުޅު ޗުންގ ޔޫ-ރާ  ޔުނިވާސިޓީއަށް ވެއްދުމުގަ އާއި އޭގެ އިތުރުން ނުހަދާ އިމްތިހާނަކަށް މާކްސް ދިނުމަށް ނުފޫޒު ފޯރުވިކަމުގެ މައްސަލަ ކަމަށް ޔޮނެޕްސް ނިއުސް އޭޖެންސީ ބުނެއެވެ.

މިކަން ކުރުމުގައި ޗޮއިއާ ބައިވެރިވެފައިވާ ކަމުގެ ކުށް ސާބިތުވެ އީވާ ޔުނިވާސިޓީގެ ކުރީގެ ދެ އޮފިޝަލަކު ވެސް ވަނީ ޖަަލަށް ލާފައެވެ.

 

 

 

- ކޮމެންޓް