Advertisement
ކ. މާލެ
|
29 އޮކްޓޯބަރ 2022 | ހޮނިހިރު 14:22
"ޔަންގް މައިންޑްސް މެޓަރ- ޔޫތު މެންޓަލް ހެލްތު"
"ޔަންގް މައިންޑްސް މެޓަރ- ޔޫތު މެންޓަލް ހެލްތު"
ރައީސް އޮފީސް
ނަފްސާނީ ބަލިތައް
"ޔަންގް މައިންޑްސް މެޓަރ- ޔޫތު މެންޓަލް ހެލްތު"ގައި ރައީސް ބައިވެރިވެވަޑައިގަންނަވައިފި
ރާއްޖެއިން ނަފްސާނީ ބަލީގެ ފަރުވާ ހޯދުމުގައި ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވޭ
ނަފްސާނީ ބަލިތަކުގެ ހާލަތާ ގުޅޭގޮތުން ޚާއްސަ ޕްރެޒެންޓޭޝަނެއް ހުށަހަޅާފައިވޭ

"ޔަންގް މައިންޑްސް މެޓަރ- ޔޫތު މެންޓަލް ހެލްތު"ގައި ކުރިއަށް ގެންދިޔަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ބައިވެރިވެވަޑައިގަންނަވައިފިއެވެ.

"ޔަންގް މައިންޑްސް މެޓަރ- ޔޫތު މެންޓަލް ހެލްތު" މި ނަމުގައި ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށް ދިޔަ ޑިސްކަޝަނެއްގައި ވަނީ، ނަފްސާނީ ބަލީގެ ހާލަތާއި ރާއްޖެއިން ނަފްސާނީ ބަލީގެ ފަރުވާ ހޯދުމުގައި ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން ވާހަކަދައްކާފައެވެ.

ހޮނިހިރު ދުވަހު ކުރިއަށް ދިޔަ މި ހަރަކާތުގައި ޒުވާން ބައިވެރިން ވަނީ އެކަންކަމާ ގުޅޭގޮތުން ސުވާލުކޮށްފައެވެ. އެގޮތުން މި ޑިސްކަޝަންގައި ބައިވެރިން ދެންނެވި ސުވާލުތަކަށް ޖަވާބު ދެއްވާފައިވަނީ އޮސްޓްރޭލިއާގެ މަޝްހޫރު ސައިކޭޓްރިސްޓެއްކަމަށްވާ ޕްރޮފެސަރ ޕެޓްރިކް މެގޯރީއެވެ.

Advertisement

މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޕްރޮފެސަރ މެގޯރީ ވަނީ ނަފްސާނީ ބަލީގެ ހާލަތާއި ޒުވާނުންނަށް އެކަންކަމުގެ ސަބަބުން ކުރާ އަސަރުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

އޭގެ އިތުރުން، ޒުވާނުންނާއި ނަފްސާނީ ބަލިތަކުގެ ހާލަތާ ގުޅޭގޮތުން ޚާއްސަ ޕްރެޒެންޓޭޝަނެއްވެސް ޕްރޮފެސަރ މެގޯރީ ވަނީ ހުށަހަޅުއްވާފައެވެ.

އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ ގިނަ ޒުވާނުންތަކެއް ބައިވެރިވި މި ޑިސްކަޝަންގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި، އަނބިކަނބަލުން ފަޒްނާ އަޙުމަދުގެ އިތުރުން، ނައިބްރައީސް ފައިޞަލް ނަސީމާއި ބައެއް ވުޒާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ. އޭގެތެރޭގައި މަޖިލިސް މެމްބަރުންނާއި، ޕޮލިސީ ލެވެލްގެ އެކި ފަރާތްތަކުން ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް