ކ. މާލެ
|
29 އޮކްޓޯބަރ 2022 | ހޮނިހިރު 12:38
އިސްމާއީލް ބިން މޫސާ (މުފްތީ މެންކު)
އިސްމާއީލް ބިން މޫސާ (މުފްތީ މެންކު)
އިސްލާމިކް މިނިސްޓްރީ
މުފްތީ މެންކުގެ ޚާއްސަ ދަރުސް
އައްޑޫއާއި ފުވައްމުލަކުގައި މުފްތީ ދަރުސް ދެއްވާ ތަން ބަދަލުވެއްޖެ
ހުކުރު ދުވަހުގެރޭ މާލޭގައި ވަނީ ދަރުސް ދެއްވާފައި
ހުޅުމާލޭގައިވެސް ދަރުސް ދެއްވާނެ

އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގައި ބާއްވާ މުފްތީ މެންކްގެ ދަރުސްތައް އޮންނަ ތަން ބަދަލުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް އިސްމާއީލް ބިން މޫސާ މެންކު ވަނީ ރާއްޖެ ވަޑައިގެންފައެވެ. ހުކުރު ދުވަހުގެރޭ މުފްތީ މެންކު ވަނީ މާލޭގައި ދަރުސްދެއްވާފައެވެ. މި ދަރުހަށް ބޮޑު ތަރުހީބެއްވެސް ވަނީ ލިބިފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިހާރު ފުވައްމުލައް ސިޓީގައި ދަރުސް ބާއްވަން ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ރޭ ހާފިޒް ސްކޫލުގައި ކަމަށެވެ.

އައްޑޫ ސިޓީގައި ދަރުސް އޮންނާނީ އާދިއްތަ ދުވަހުގެރޭ އައްޑޫ ހައި ސްކޫލްގައެވެ. މޫސުން ގޯސްވުމާ ގުޅިގެން ދަރުސް ބާއްވާ ތަން ބަދަލުވިނަމަވެސް, ދަރުސް އޮންނަ ގަޑިއަކީ ކުރިންވެސް ހަމަޖައްސާފައިވާ ގަޑިކަމުގައިވާ ރޭގަނޑު 8:45އެވެ.

ހާފިޒް އަހުމަދު ސްކޫލުގައި ހޮނިހިރު ދުވަހުގެ ރޭ އޮންނަ ދަރުސްގެ މައުޟޫއަކީ "އިސްލާމްކަން، އޯގާތެރިކަމާއި ހިތްހެޔޮކަން" މި މައުޟޫއެވެ.

މުފްތީ މެންކްގެ ދަރުސްތައް އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގެ އިތުރުން ހުޅުމާލޭގައިވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަރުސްތަކަށް ނުދެވޭ ފަރާތްތަކަށް ޓީވީއާއި ރޭޑިއޯ އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް އަޑުއެހުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

- ކޮމެންޓް