ކ. މާލެ
|
29 އޮކްޓޯބަރ 2022 | ހޮނިހިރު 09:06
ބައިސްކޯފާ ދިރާގާދެމެދު އެއްބަސްވުމުގައި ސޮއިކުރުން
ބައިސްކޯފާ ދިރާގާދެމެދު އެއްބަސްވުމުގައި ސޮއިކުރުން
ދިރާގު
ޗަނާޗާ މިއުޒިކް ފެސްޓިވަލް
ޗަނާޗާ މިއުޒިކް ފެސްޓިވަލްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު
މެދުކެނޑުމަކަށްފަހު މިއަހަރު މި ފެސްޓިވަލް ބާއްވަނީ ކުލަގަދަކޮށް
މި ޝޯގައި ކުޅަދާނަ އާޓިސްޓުންގެ ހުށަހެޅުންތައް ފެނިގެންދާނެ

'ޗަނާޗާ 2022' މިއުޒިކް ފެސްޓިވަލްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުން ސޮއިކޮށްފިއެވެ.

މި ފެސްޓިވަލްއަކީ މަޝްހޫރު ދިވެހި ސްޓްރީމިންގ ޕްލެޓްފޯރމްކަމަށްވާ ބައިސްކޯފުން އިންތިޒާމްކޮށްގެން ބާއްވާ އިވެންޓެކެވެ.

ކޮވިޑް-19އާ ގުޅިގެން ދެ އަހަރުގެ މެދުކެނޑުމަކަށްފަހު، މި އަހަރު މި ބާއްވާ 'ޗަނާޗާ' ފެސްޓިވަލް މިފަހަރު ބާއްވަނީ އެހެން ފަހަރުތަކަށްވުރެ ކުލަގަދަކޮށެވެ. މިގޮތުން ދިވެހިރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިންނާއި ބޭންޑުތަކުގެ އިތުރުން، ބޭރު ގައުމުތަކުގެ ނަން މަޝްހޫރު އާރޓިސްޓުންވެސް މި ޝޯގައި ބައިވެރިވާނެއެވެ. ޝޯގައި ފެނިގެންދާނެ ދިވެހި މިއުޒިކް ބޭންޑްތަކުގެ ތެރޭގައި ރަވިއޯ، ޓްރެފިކް ޖޭމް، އިކުއެޓިކް ވައިބް، ޑިޓިއުން ބޭންޑް އަދި ފަސީ ލައިވް ހިމެނެއެވެ. މީގެ އިތުރުން ބައިނަލްއަގުވާމީ ލަވަކިޔުންތެރިންކަމަށްވާ، ލަންކާގެ ލަވަކިޔުންތެރިޔާ ޔޮހާނީއާއި އިންޑޮނޭޝިއާގެ އާޓިސްޓެއް ކަމަށްވާ ނަތާޝާ ރަތުނަޔަކެވެސް 'ޗަނާޗާ 2022'ން ފެނިގެންދާނެއެވެ.

'ޗަނާޗާ 2022' އޮންނާނީ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހު ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި، ހަވީރު 4:00-6:00ށް އަދި ރޭގަނޑު 8:00-10:00އަށެވެ. ހަވީރު ޝޯގެ އެންޓްރީ ހިލޭނަމަވެސް، ރޭގަނޑުގެ ޝޯއަށް ވަދެވޭނީ ޓިކެޓް ގަނެގެންނެވެ. 150 ރުފިޔާގެ މި ޓިކެޓު ބައިސްކޯފުން ވިއްކަނީ އޮންލައިންކޮށެވެ. 

- ކޮމެންޓް