ކ. މާލެ
|
23 ޖޫން 2017 | ހުކުރު 08:39
ގަތަރުގެ ފޮރިން މިނިސްޓަރު ޝެއިޚް މުހަންމަދު ބިން އަބްދުލްރަހްމާން އަލް ސާނީ
ގަތަރުގެ ފޮރިން މިނިސްޓަރު ޝެއިޚް މުހަންމަދު ބިން އަބްދުލްރަހްމާން އަލް ސާނީ
ގޫގުލް
ގަތަރު މައްސަލަ
ގަތަރުން އެއްވެސް ޓެރަރިސްޓް ގްރޫޕަކަށް މިހާތަނަށް ވާގިވެރިވެފައި ނުވާނެ: ފޮރިން މިިނިސްޓަރު
ގަތަރާ ގުޅުން ކަނޑާލީ ޓެރަރިޒަމަށް ވާގިވެރިވާ ކަމަށް ބުނެ

ސީރިޔާގެ ހަނގުރަމާވެރި ގްރޫޕް ޖަބްހަތް ފަތަހް އަލް-ޝާމް ހިމެނޭ ގޮތުން އެއްވެސް "ޓެރަރިސްޓް ގްރޫޕަކަށް ގަތަރުން މިހާތަނަށް ވާގިވެރިވެފައިނުވާ ކަމަށް ގަތަރުގެ ފޮރިން މިިނިސްޓަރު ވިދާޅުވެއްޖެއެވެ.

ފްރާންސް 24 އަރަބިކް ޓީވީ އަށް ބުރާސްފަތި ދުވަހު ދެއްވި އިންޓަވިއުއެއްގައި ގަތަރުގެ ފޮރިން މިނިސްޓަރު ޝެއިޚް މުހަންމަދު ބިން އަބްދުލްރަހްމާން އަލް ސާނީ ވިދާޅުވީ ގަތަރަކީ އަބަދުވެސް "ބައިނަލްއަގްވާމީ ގާނޫނުތަކަށް" ބޯލަނބާ ގައުމެއް ކަމަށާއި އަދި އިސްލާމިކް ސްޓޭޓް (އައިއެސް)އާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ  ގުޅިފައިވާ ކޯލިޝަންގައި މުހިންމު ރޯލެއް އަދާކުރި ފަރާތެއް ކަމަށެވެ.

އަބްދުލްރަހްމާން ވިދާޅުވީ ކުރިއަށް އޮތް ދެދުވަސް ތެރޭ ސައުދީ އާއި ޔޫއޭއީން ގަތަރަށް ކުރާ ޑިމާންޑުތަކުގެ ލިސްޓެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި މި ލިސްޓުގައި، ގަތަރުން ކަންކަން ކުރަން ޖެހޭ ގޮތް ބޭރު ގައުމުތަކުން ބަޔާން ކުރާ ކުރުމެއް ގަބޫލު ނުކުރެވޭނެ ކަަމަށް އަބްދުލްރަހްމާން ވިދާޅުވިއެވެ.

ގަތަރުން ޓެރަރިޒަމަށް ހިތްވަރު ދޭ ކަމަށް ބުނެ ގަތަރާ އޮންނަ ޑިޕްލޮމިޓިކް ގުޅުން އަރަބި ހަ ގައުމަކުން ކަނޑާލާފައިވާއިރު އެގައުމުތަކަކީ  ސައުދީ އަރަބިއްޔާ، ޔޫއޭއީ، މިސްރު، ބަހްރައިން, ޔަމަން އަދި ލީބިޔާ އެވެ. ގަތަރާ މެދު ކުރެވޭ އެންމެހާ ތުހުމަތުތައް ގަތަރުން ދޮގު ކުރެއެވެ.ސައުދީ، ޔޫއޭއީ ބަހްރައިން އިން އިން ވަނީ ގަތަރާ އޮންނަ ޑިޕްލޮމެޓިކް ގުޅުން ކަނޑާލުމުގެ އިތުރަށް އެގައުމުތަކުގެ ވައި، ކަނޑު އަދި އެއްގަމު މަގުވެސް ގަަތަރަށް ބަންދުކޮށްފައެވެ.

ގަތަރުގެ މައްސަލައަށް އަދިވެސް ހައްލެއް ނުލިބިވާއިރު އަރަބި ބައެއް ގައުމުތަކާއި އަދިވެސް އެހެނިހެން ގައުމުތަކުން ދަނީ މައްސަލަ ހައްލު ކުރުމަށް މަަސައްކަތް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް