ކ. މާލެ
|
27 އޮކްޓޯބަރ 2022 | ބުރާސްފަތި 17:09
މުފްތީ މެންކް ރާއްޖެއަށް ވަޑައިގަތުމުން ވެލާނާ އެއަރޕޯޓުން އިސްލާމިކް މިނިސްޓަރު އޭނާއަށް މަރުހަބާ ވިދާޅުވަނީ
މުފްތީ މެންކް ރާއްޖެއަށް ވަޑައިގަތުމުން ވެލާނާ އެއަރޕޯޓުން އިސްލާމިކް މިނިސްޓަރު އޭނާއަށް މަރުހަބާ ވިދާޅުވަނީ
މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް
މުފްތީ މެންކް
މުފްތީ މެންކް ރާއްޖެ ވަޑައިގެންފި
ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމްވެ ހުކުރު ނަމާދު ކުރައްވާނެ
މާލެ، ހުޅުމާލެ، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައި ދަރުސް ދެއްވާނެ
ދަރުސް އޮންނާނީ ރޭގަނޑު 8:45ގައި

މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ ދައުވަތަކަށް، މުފްތީ މެންކް ރާއްޖެ ވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި ރާއްޖޭގެ ތިން ސަރަޙައްދެއްގައި ދަރުސް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހުކުރު ދުވަހު މަސްޖިދުއް ސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމްގައި އިމާމްވެ ހުކުރު ނަމާދުވެސް ކުރައްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

މުފްތީ މެންކްގެ މި ދަތުރުފުޅުގައި ދަރުސް ދެއްވުމަށް ހަމަޖެހިފައިވާ ތަންތަނާއި ވަގުތު:

މާލެ - އޮކްޓޯބަރު 28 ވަނަ ދުވަހު ކާނިވާ ސަރަހައްދުގައި

ފުވައްމުލައް ސިޓީ – އޮކްޓޯބަރު 29 ވަނަ ދުވަހު ފުވައްމުލައް ސްޓޭޑިއަމްގައި

އައްޑޫ ސިޓީ – އޮކްޓޯބަރު 30 ވަނަ ދުވަހު ސިޓީ ސްކޮޔަރގައި

ހުޅުމާލެ - އޮކްޓޯބަރު 31 ވަނަ ދުވަހު ސިންތެޓިކް ޓްރެކްގައި

މިއިން ކޮންމެ ތަނެއްގައިވެސް ދަރުސް އޮންނާނީ އެ ދުވަހެއްގެ ރޭގަނޑު 8:45 ގައެވެ.

މި ދަރުސްތައް އާންމުކޮށް ވަނީ ހުޅުވާލެވިފައެވެ. މުފްތީ މެންކްގެ ދަރުސްތަކުގެ މައުލޫތައް ޚާއްސަކޮށްފައިވަނީ މުޖުތަމައުގައި ހުރި މުހިންމު ކަންތައްތަކަށް ޚާއްސަކޮށްގެންނެވެ. އެގޮތުން މާތްﷲއާ އިންސާނާއާ ދެމެދު އޮންނަ ގުޅުމާއި، އާއިލީ މައްސަލަތަކަށް ހައްލު ހޯދޭނެ ގޮތްތަކާއި، ޑިޕްރެޝަނާއި އެންޒައިޓީފަދަ ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތައްފަދަ މުހިންމު މައުލޫތައް ހިމެނެއެވެ.

މި ދަރުސްތަކަށް ވަޑައިނުގެންނެވޭ ފަރާތްތަކަށް ޓީވީއާއި ރޭޑިއޯ އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ދަރުސްތައް ބަލައި، އަޑުއެހޭނެ ފުރުސަތުވެސް ލިބިގެންދާނެއެވެ.

މިދަރުސްތަކުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ސަރުކާރުގެ މުއައްސަސާތަކުގެ މުވައްޒަފުންނަށްވެސް މިފަދަ ދަރުހެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

މުފްތީ މެންކަކީ ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ދީނީ އިލްމު ފެތުރުމަށްޓަކައި މަސައްކަތްކުރައްވަމުންދާ ޒިންބާބުވޭގެ ދީނީ އިލްމުވެރިއެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް