ކ. މާލެ
|
27 އޮކްޓޯބަރ 2022 | ބުރާސްފަތި 15:00
ރާއްޖެއާއި ޗައިނާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ހޮނިހިރު ދުވަހު ދަރުބާރުގޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގެ ތެރެއިން
ރާއްޖެއާއި ޗައިނާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ހޮނިހިރު ދުވަހު ދަރުބާރުގޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގެ ތެރެއިން
ރައީސް އޮފީސް
ރާއްޖެ އާއި ޗައިނާގެ ގުޅުން
ރާއްޖޭގެ ސަރުކާރުގެ ފަރާތުން ޗައިނާ އަށް ދާނަމަ އިންޑިއާ އިން ހުއްދަ ނަގަން ޖެހޭ ކަމަށް ބުނާ ވާހަކަ ސަރުކާރުން ދޮގުކޮށްފި
ޗައިނާ އަށް ދާ ނަމަ އިންޑިއާގެ ދިއްލީ އިން ހުއްދަ ނަގަން ޖެހޭ ކަމަށް ކުރީގެ ބަންޑާރަ ނައިބުކަން ކުރެއްވި ބޭފުޅަކު ވަނީ ވިދާޅުވެފައި
ފޮރިން މިނިސްޓަރާއި އެހެން ބޭފުޅުން ޗައިނާ އަށް ދިއުމަށް އިންޑިއާގެ ހުއްދައެއް ހޯދާފައި ނުވާނެ ކަމަށް ސަރުކާރުން ބުނޭ

ރާއްޖޭގެ ސަރުކާރުން ޗައިނާ އަށް ދާނަމަ އިންޑިއާ އިން ހުއްދަ ނަގަން ޖެހޭ ކަމަށް ބުނާ ވާހަކަ ސަރުކާރުން ދޮގުކޮށްފިއެވެ.

ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ ރާއްޖޭގެ ރައީސް ނުވަތަ ފޮރިން މިނިސްޓްރީގެ ބޭފުޅަކު ޗައިނާ އަށް ދާ ނަމަ އިންޑިއާގެ ދިއްލީ އިން ހުއްދަ ނަގަން ޖެހޭ ކަމަށް ކުރީގެ ބަންޑާރަ ނައިބުކަން ކުރެއްވި ބޭފުޅަކު ވިދާޅުވެފައި ވާތީ އެކަމާއި ގުޅޭ މައުލޫމާތު ސާފުކޮށްދިނުމަށް އެދިފައެވެ. އެ ސުވާލުގެ ޖަވާބުގައި ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ ޗައިނާ އަށް ރާއްޖޭގެ ފަރާތުން ދިއުމަށް ވަކި ބައެއްގެ ހުއްދަ ނަގަން ނުޖެހޭ ކަަމަށެވެ. އަދި ހުދު އޭނާ ވެސް ފޮރިން މިނިސްޓްރީގައި އުޅުއްވި އިރު ޗައިނާ އަށް ވަޑައިގަންނަވާފައިވާނެ ކަަމަށާއި އެކަމަށް ވަކި ބައެއްގެ ހުއްދައެއް ނަގާފައި ނުވާނެ ކަަމަށް މިއުވާން ވިދާޅުވިއެވެ. އަދި ފޮރިން މިނިސްޓަރާއި އެހެން ބޭފުޅުން ޗައިނާ އަށް ވަޑައިގަތުމަށް އިންޑިއާގެ ހުއްދައެއް ހޯދާފައި ނުވާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.

އެފަދަ ސާބިތު ނުހިފޭ ވާހަކަތައް ދައްކަވަނީ އޮޅުވާލަން ވެގެން ކަަމަށް ވެސް މިއުވާން ވިދާޅުވިއެވެ. މިއުވާން ވިދާޅުވީ ރާއްޖޭގެ ކަންކަން ނިންމާނީ ރާއްޖެ އިން ކަމަށާއި ބޭރު ޤައުމަކަށް ރާއްޖޭގެ ކަންކަމުގައި ބަސްބުނުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ. އަދި ރާއްޖޭގެ ޚާރިޖީ ސިޔާސަތުތައް ކަނޑައަޅުއްވާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ވެސް މިއުވާން ވިދާޅުވިއެވެ. މި ސަރުކާރު ވެރިކަމާއި ހަވާލުވި ފަހުން ރާއްޖެ އާއި ޗައިނާގެ ގުޅުން ގޯސްވެފައިވާ ކަމަށް ބުނެ ސަރުކާރަށް އިދިކޮޅު ފަރާތްތަކުން ދަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އަދި ސަރުކާރުން އިންޑިއާ އާއި މާބޮޑަށް ގުޅުން ބަދަހިކޮށް ޚާރިޖީ ސިޔާސަތުތައް އިންޑިއާ އިން ބޭނުންވާ ގޮތަށް ހައްލުކުރަމުންދާ ކަމަށް ވެސް އެ ފަރާތްތަކުން ބުނެއެވެ. އެހެންނަމަވެސް ސަރުކާރުން ވަނީ ޗައިނާ އާއި އިންޑިއާ އާއި ދެ ޤައުމާ އެކު ވެސް އޮންނަ ގުޅުން ރަނގަޅު ކަމަށް ބުނެފައެވެ.

- ކޮމެންޓް