ކ. މާލެ
|
27 އޮކްޓޯބަރ 2022 | ބުރާސްފަތި 07:21
މެޗުގައި ކޮންޓޭ އަށް ރަތް ކާޑު ދައްކަނީ
މެޗުގައި ކޮންޓޭ އަށް ރަތް ކާޑު ދައްކަނީ
ރޮއިޓަސް
ޔުއެފާ ޗެމްޕިއަންސް ލީގު
ޓޮޓެންހަމާ ސްޕޯޓިންގެ ކުރިމަތިލުން އެއްވަރު، ކޮންޓޭ އަށް ރަތެއް
ފަހު ވަގުތު ކޭން ލަނޑު ޖެހި ނަމަވެސް ވީއޭއާރުން ވަނީ ލަނޑު ބަލައި ނުގަންނަން ނިންމާފައި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ޓޮޓެންހަމާއި ސްޕޯޓިން ލިޒްބަން ބައްދަލު ކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ބުދަ ދުވަހުގެ ރޭ ޓޮޓެންހަމްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން މޮޅުވެ އެ ޓީމަށް ދެ ވަނަ ބުރުގެ ޖާގައެއް ޔަގީން ކުރެވެން އޮތެވެ. ނަމަވެސް އެ މެޗު އެއްވަރުވުމުން މި ގްރޫޕުން ދެ ވަނަ ބުރަށް ދާނެ ޓީމުތައް ޔަގީން ވަނީ ފަހު މެޗުންނެވެ. ދެ ވަނަ ބުރަށް ދިޔުމުގެ ފުރުސަތު ހަތަރު ޓީމަށް ވެސް އެބަ އޮތެވެ. މެޗު އެއްވަރުވީ 1-1 އިންނެވެ.

ޓޮޓެންހަމްގެ ދަނޑުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ސްޕޯޓިންއެވެ. އެއީ މެޗުގެ 22 ވަނަ މިނެޓުގައި މާކުސް އެޑްވާޑް ޖެހި ލަނޑުންނެވެ. ފުރަތަމަ ހާފު ނިންމާލީ ވެސް އެ ޓީމު ލީޑުގައި އޮވެގެންނެވެ. ނަމަވެސް ދެ ވަނަ ހާފަށް ނިކުމެ ޓޮޓެންހަމުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. އެއީ އިވާން ޕެރިސިޗް ތަނަވަސްކޮށްދިން ފުރުސަތަކުން ރޮޑްރީގޯ ބެންޓަންކޫރް ޖެހި ލަނޑެވެ. އޭގެ ފަހުން އިތުރު ލަނޑެއް ޖަާ ޓޮޓެންހަމުން ވަނީ ލީޑު ވެސް ނަގާފައެވެ. މެޗުގެ އިތުރު ވަގުތުގައި ހެރީ ކޭން ލަނޑު ޖެހި ނަމަވެސް، ވީއޭއާރުން ނިންމީ ލަނޑު ބަލައި ނުގަތުމަށެވެ. އެ ނިންމުމާމެދު ހިތް ހަމަ ނުޖެހި، ޝަކުވާ ކުރަން ފެށުމުން ޓޮޓެންހަމްގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އަށް ވަނީ ރަތް ކާޑު ދައްކައި، ދަނޑުން ފޮނުވާލާފައެވެ.

މެޗު އެއްވަރުވީ ނަމަވެސް މި ގްރޫޕްގެ އެއް ވަނައިގައި ފަސް މެޗުން އަށް ޕޮއިންޓާއެކު އޮތީ ޓޮޓެންހަމްއެވެ. ފަސް މެޗުން ހަތް ޕޮއިންޓާއެކު ސްޕޯޓިން ދެ ވަނައިގައި އޮތީ ފައިދާ ގޯލުން ކުރި ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް ފްރޭންކްފާޓަށް ވެސް ލިބެނީ ހަތް ޕޮއިންޓެވެ. ފްރޭންކްފާޓް އަތުން ބަލިވި މާސޭ އޮތީ ހަ ޕޮއިންޓާއެކު ފުލުގައެވެ.

- ކޮމެންޓް