ޓެކްސް ބޮޑުކުރަން އުޅެނީ އިގްތިސާދު މެނޭޖް ނުކުރެވިގެނެއް ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، މިހާރު ވެސް އެތައް ބިލިއަން ރުފިޔާ އެއް ޚަރަދު ކުރެވިފައިވާ ކަމަށާއި ކުރިއަށް އޮތްތަނުގައި އިތުރު ޕްރޮޖެކްޓްތައް ވެސް ހިނގާނެ ކަަމަށް އެނާ ވިދާޅުވިއެވެ. އިގްތިސާދު ކުރިއެރުވުމަށް ޓެކްސް ނެގުމަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި މި ދަނޑިވަޅުގައި ޓެކްސް ކުޑަކުރަން ހަދައިގެން އިގްތިސޯދީ ގޮތުން ނޭދެވޭ އަސަރުތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށާއި ޓެކްސް ނަގަނީ އިގްތިސޯދު މެނޭޖްކުރަން ކަމަށް މިއުވާން ވިދާޅުވިއެވެ. ޓެކްސް ނެގުމަކީ އިގްތިސާދަށް ފައިދާވެ އާމްދަނީ ރަނގަޅުވާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ޓެކްސް ބޮޑުކުރުމަށް ހުށަހަޅާފައިވާ އިސްލާހާއެކު ޖީއެސްޓީން އިތުރުވާނީ 970 މިލިއަން ރުފިޔާ އަދި ޓީޖީއެސްޓީން އިތުރުވާނީ 2.1 ބިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީ އިން ވަނީ ވިދާޅުވެފައެވެ. އެގޮތުން ޖީއެސްޓީއަށް ގެންނަ ބަދަލާއެކު އިންފްލޭޝަނަރީ ޑައިރެކްޓް 1 އިންސައްތަ ކޮންޓްރިބިއުޓްކުރުމަކީ އެކަށީގެންވާކަމެއް ކަމަށް ސަރުކާރުން އަންދާޒާ ކުރެއެވެ. މީގެ އިތުރުން ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމުގެ އިތުރުން ހަރަދުތައް ކުޑަކުރުމަށް ވެސް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ސަރުކާރުން ބުނެއެވެ. އެގޮތުން ބަލާއިރު 2020 އަދި 2021 ވަނަ އަހަރުގެ އިތުރުން 2022 ވަނަ އަހަރު ފިނޭންސުން އަޅާފައި ހުރި ފިޔަވަޅުތަކުން ކުރާނެ ގިނަ ހަރަދުތައް ވާނީ ކުޑަކުރެވިފައި ކަމަށް އެ ވުޒާރާއިން ބުނެއެވެ. އަދި ޓެކްސް ބޮޑުކުރުމަކީ މިހާރު ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ.