އޮސްޓްރޭލިއާގެ ކްއީންސްލެންޑްގެ ސެނެޓަރ ލަރިއްސާ ވޯޓާސް އޭނާގެ ދެ މަސްވީ އަންހެން ދަރިފުޅަށް ގާތުން ކިރު ގެންދަވަމުން ގާނޫނު ހަދާ މަޖިލީހުގެ ބަހުސްގައި ބައިވެރިވެ ވަޑައިގެންފިއެވެ.
މިއާ އެކު އުމުރުން އެންމެ ދެ މަހުގެ އެލިއާ ޖޯއީ ވެގެން ގޮސްފައިވަނީ އޮސްޓްރޭލިއާގެ ޕާލިމެންޓުގައި މަންމަގެ ގާތުން ކިރު ލިބުނު ފުރަތަމަ ކުއްޖާއަށެވެ.
އޮސްޓްރޭލިއާގެ ގްރީން ޕާޓީގެ ޑެޕިއުޓީ ލީޑަރުގެ ގޮތުގައިވެސް ހުންނެވި ސެނެޓަރ ލަރިއްސާ ވޯޓާސް ވިހެއުމުގެ ޗުއްޓީއަށް ފަހު ގާނޫނު ހަދާ މަޖިލިހުގެ މަސައްކަތައް ނުކުންނެވީ ހުސްވި ހަފްތާގެ އަންގާރާ ދުވަހުއެވެ. އޭނާ މަޖިލިހުގެ ސެޝަނަށް ވަޑައިގަތީ ތުއްތު ދަރިފުޅު ގޮވައިގެންނެވެ.
So proud that my daughter Alia is the first baby to be breastfed in the federal Parliament! We need more #women & parents in Parli #auspol pic.twitter.com/w34nxWxG0y
— Larissa Waters (@larissawaters) May 9, 2017
ގާނޫނު ހަދާ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އަންހެން މެމްބަރުންނަށް ތުއްތު ދަރިންނަށް ކޮށްދޭން ޖެހޭ ކަންކަން ޕާލިމެންޓުގެ ޗެމްބަރުގައި ކުރެވޭނެ މަގު ހުސްވި އަހަރުން ފެށިގެން ގާނޫނީ އޮނިގަނޑަށް ގެނައި އިސްލާހާއެކު އޮސްޓްރޭލިޔާގައި އޮންނަނީ ތަނަވަސްވެފައެވެ.
އަލިއާ އަކީ ޕާލިމެންޓު ޗެމްބަރުގައި މަންމަގެ ގާތުން ދިން ދުނިޔޭގެ ފުރަތަމަ ކުއްޖާއެއް ނޫނެވެ.
2016 ވަނަ އަހަރު އައިސްލެންޑްގެ ބޭކަނބަލަކު އޭނާގެ އެއް މަހުގެ ދަރިފުޅަށް ޕާލިމެންޓުގައި ކުރެވުމުން ދިޔަ ބަހުސްގައި ވާހަކަ ދައްކަމުން ވަނީ ގާތުން ދީފައެވެ. އޭރު ޕާލިމެންޓުގައި ބަހުސް ކުރެވެމުންދިޔައީ ގައުމުން ބޭރު މީހުންނާ ބިލަށެވެ.