ކ. މާލެ
|
25 އޮކްޓޯބަރ 2022 | އަންގާރަ 20:40
ވެސްޓް ހޭމްއާއި ބޯން މައުތު ބައްދަލުކުރި މެޗުގެ ތެރެއިން
ވެސްޓް ހޭމްއާއި ބޯން މައުތު ބައްދަލުކުރި މެޗުގެ ތެރެއިން
ޕްރިމިއަރ ލީގު
ޕްރިމިއަރ ލީގު
ބޯންމައުތު ބަލިކޮށް ވެސްޓް ހޭމް ކުރިއަށް ޖެހިލައިފި
ކުޅުނު 12 މެޗުން 14 ޕޮއިންޓު ހޯދައިގެން ވެސްޓް ހޭމް އޮތީ ތާވަލުގެ 10 ވަނަ މަގާމުގައި
ވެސްޓް ހޭމް މޮޅުވީ 2-0ން

އިނގިރޭސި ޕްރިމިއަރ ލީގުގައި ބޯންމައުތު ބަލިކޮށް ވެސްޓް ހޭމް ތާވަލުގެ ކުރިއަށް ޖެހިލައިފިއެވެ.

އަންގާރަ ދުވަހުގެރޭ ބޯންމައުތާއި ވާދަކުރި މެޗު ވެސްޓް ހޭމް ކާމިޔާބުކުރީ 2-0ންނެވެ. ވެސްޓް ހޭމްގެ ލަންޑަން ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އެޓީމަށް ލީޑު ނަގައިދިނީ ކާޓް ޒޫމާއެވެ. ތޯމަސް ސޫކޭކްގެ އެހީތެރިކަމާއެކު ބޮލުން ޖަހައި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ލަނޑުޖެހީ މެޗު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައެވެ.

ވެސްޓް ހޭމްގެ ދެވަނަ ލަނޑަކީ މެޗުގެ ފަހު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ސައީދް ބެންރާމާއެވެ.

މި ނަތީޖާއާއެކު ކުޅުނު 12 މެޗުން 14 ޕޮއިންޓު ހޯދައިގެން ވެސްޓް ހޭމް އޮތީ ތާވަލުގެ 10 ވަނަ މަގާމުގައެވެ. މެޗުން ބަލިވި ބޯންމައުތު 14 ވަނާގައި އޮތީ 12 މެޗުން 13 ޕޮއިންޓު ހޯދައިގެންނެވެ. ތާވަލުގެ އެއްވަނާގައި އޮތް އާސެނަލްއަށް 11 މެޗުން ލިބެނީ 28 ޕޮއިންޓެވެ.

- ކޮމެންޓް