ކ. މާލެ
|
25 އޮކްޓޯބަރ 2022 | އަންގާރަ 18:21
އިނގިރޭސި އައު ބޮޑުވަޒީރު ރިޝީ ސުނާކް ރަސްގެފާނު ޗާލްސްއާ ބައްދަލުކުރައްވައިފި
އިނގިރޭސި އައު ބޮޑުވަޒީރު ރިޝީ ސުނާކް ރަސްގެފާނު ޗާލްސްއާ ބައްދަލުކުރައްވައިފި
ރޮއިޓާސް
އިނގިރޭސި އައު ބޮޑުވަޒީރު ރިޝީ ސުނާކް
ސުނާކް ރަސްގެފާނު ޗާލްސްއާ ބައްދަލުކުރައްވާ ރަސްމީކޮށް ބޮޑުވަޒީރުކަމުގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގެންފި
 
ސުނާކް އަކީ ރަސްގެފާނު ޗާލްސްގެ ވެރިކަމުގައި ސަރުކާރެއް އެކުލަވާލައްވާ ފުރަތަމަ ބޮޑުވަޒީރު
 
ޕާޓީއާމެދު އުފެދިފައިވާ ޝަކުވާތަކާއެކު ޕާޓީގެ މެނިފެސްޓޯގައިވާ ކަންކަން ކާމިޔާބު ކުރުމަށް ސުނާކަށް ވަރަށް ބޮޑަށް ފިއްތުންތައް ކުރިމަތިވާނެ
 
ސުނާކްއަކީ 1812 ވަނަ އަހަރުން ފެށިގެން މިހާތަނަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ މަގާމަށް ވަޑައިގަންނަވާ އެންމެ ހަގު ބޭފުޅާ

އިނގިރޭސި އައު ބޮޑުވަޒީރު ރިޝީ ސުނާކް ރަސްގެފާނު ޗާލްސްއާ ބައްދަލުކުރައްވައިފިއެވެ.

އަންގާރަ ދުވަހު ރަސްގެފާނާ ބައްދަލުކުރެއްވުމަށްފަހު ސުނާކް މިހާރު ވަނީ އިނގިރާސިވިލާތުގެ ބޮޑުވަޒީރުކަމުގެ މަސްއޫލިއްޔަތާ ރަސްމީކޮށް ހަވާލުވެވަޑައިގަންނަވާފައެވެ. ސުނާކް އަކީ ރަސްގެފާނު ޗާލްސް ގެ ވެރިކަމުގައި ސަރުކާރެއް އެކުލަވާލައްވާ ފުރަތަމަ ބޮޑުވަޒީރެވެ.

މަގާމުގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގެން ސުނާކު ވަނީ ސަރުކާރާއި ޕާޓީއާ މެދު ގެއްލިފައިވާ އިތުބާރު އަލުން ހޯއްދެވުމުގެ މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ގައުމަށް މިހާރު ދިމާވެފައިވާ އިގުތިސާދީ ކާރިސާއިން އަރައިގަތުމުގެ މަސައްކަތް ކުރައްވާނެ ކަމަށްވެސް ސުނާކް ވަނީ ވިދާޅުވެފައެވެ.

ސުނާކް ވަނީ މަގާމާ ހަވާލުވެވަޑައިގަންނަވާފައި މިވަނީ ފަސޭހަ ދުވަސްތަކެއްގައި ނޫންކަން ފާހަގަކުރައްވާ ގޮންޖެހުންތަކާއެކު ކުރިއަށްވަޑައިގެންނެވުމަށް ތައްޔާރަށް ހުންނެވިކަމަށްވެސް ވިދާޅުވެފައެވެ.

ޕާޓީއާމެދު އުފެދިފައިވާ ޝަކުވާތަކާއެކު ޕާޓީގެ މެނިފެސްޓޯގައިވާ ކަންކަން ކާމިޔާބު ކުރުމަށް ސުނާކަށް ވަރަށް ބޮޑަށް ފިއްތުންތައް ކުރިމަތިވާނެއެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަމުގެ މަގާމަށް ސުނާކު އައްޔަން ކުރެވުނީ، އެ މަގާމުގައި ހުންނެވި ލިޒް ޓްރަސް މަގާމުން އިސްތިއުފާ ދެއްވާފައި ވަނިކޮށް، ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ކަމުގެ މަގާމަށް ވާދަ ކުރެއްވި ރޭހުން، ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންއާއި، ވާދަވެރި ޕެނީ މޯޑަންޓްވެސް ވަކިވެވަޑައިގެންނެވުމުންނެވެ.

ލިޒް ޓްރަސް، ބޮޑުވަޒީރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވީ އެންމެ ދޮޅު މަހެއްހާ ދުވަހަށް ފަހުގައެވެ.

ސުނާކްއަކީ 1812 ވަނަ އަހަރުން ފެށިގެން މިހާތަނަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ މަގާމަށް ވަޑައިގަންނަވާ އެންމެ ހަގު ބޭފުޅާއެވެ. އޭނާއަކީ އެ ގައުމުގައި ބޮޑުވަޒީރުކަން ކުރައްވާ އޭޝިއާ ނަސްލުގެ ފުރަތަމަ ބޮޑުވަޒީރުވެސްމެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް