ކ. މާލެ
|
25 އޮކްޓޯބަރ 2022 | އަންގާރަ 03:36
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރާއްޖެއެމްވީ
ޗާގޮސްގެ މައްސަލަ
ފޯޅަވަހި މައްސަލައިގައި މޮރިޝަސް ކޮޅަށް އެރިޔަސް ސަރަހައްދީ އިން ކަނޑައެޅުން ކުރިއަށްދާނެ: ސަރުކާރު
އިސްތިއުމާރީ އަޅުވެތިކަމާ ދެކޮޅަށް ރާއްޖެއިން އަބަދުވެސް އަޑުއުފުލާ

ރާއްޖޭގެ ދެކުނުން އޮންނަ ޗާގޮސް އައިލެންޑް ނުވަތަ ފޯޅަވަހި މޮރިޝަސްއާ ހަވާލުކުރުމަށް ރާއްޖެއިން ވޯޓު ދިނަސް، ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުުމަށް ކުރާ މަސައްކަތް ކުރިއަށްދާނެ ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.

ޗާގޮސްގެ ޑީކޮލޮނައިޒޭޝަނާއި ގުޅޭ ގަރާރަށް އދ. ގައި ވޯޓުލުމާ ގުޅޭގޮތުން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ 21 ސެޕްޓެމްބަރު 1965 ގައި ރާއްޖެއިން އދ. ގެ މެމްބަރަކަށްވުމަށްފަހު، ބައިނަލްއަގުވާމީ ދުނިޔޭގައި އިސްތިއުމާރީ އަޅުވެތިކަމާ ދެކޮޅަށް މިހާތަނަށް އުފެދިފައިވާ ހުރިހާ ސަރުކާރަކުން ވެސް އަޑު އުފުލާފައިވާކަމަށެވެ. އަދި އެ ހުރިހާ މައްސަލައަކަށް ވެސް މިހާތަނަށް އުފެެދުނު ހުރިހާ ސަރުކާރަކުން ވެސް ވަނީ ތާއީދުކޮށްފައިކަން ފޮރިން މިނިސްޓްރީން ހާމަކުރެއެވެ.

ޗާގޮސް އައިލެންޑަކީ އިނގިރޭސިންގެ ބާރުގެ ދަށުގައި އޮތް ތަނެއް ނަމަވެސް އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން ފެބްރުއަރި 2019 ގައި ނިންމާފައިވަނީ ޗާގޮސްއަކީ މޮރިޝަސްގެ ސިޔާދަތީ ބާރުގެ ދަށުގައިވާ ތަނެއް ކަމަށެވެ. އަދި 22 މެއި 2019 ގައި ނޮން އައިލެންޑް މޫވްމަންޓުގެ ފަރާތުން އ.ދ ގެ އާންމު މަޖިލީހަށް ހުށަހެޅި ގަރާރަކާ ގުޅިގެން 6 މަސްދުވަހުގެ ތެރޭގައި އެ ރަށް މޮރިޝަސްއާ ހަވާލުކުރުމަށް ގޮވާލައި ވޯޓަށް އެހުމުން ރާއްޖެއިން ވަނީ އެ ގަރާރާ ދެކޮޅަށް ވޯޓު ދީފައެވެ. އެހެންނަމަވެސް މިފަހަރު އާންމު މަޖިލީހަށް ހުށަހަޅާ ގަރާރުގައި މޮރިޝަސްއާ އެއްކޮޅަށް ވޯޓުދޭން ދިވެހި ސަރުކާރުން ވަނީ ނިންމާފައެވެ.

ފޮރިން މިނިސްޓްރީން ބުނީ އދ. ގެ އާންމު މަޖިލީހުގައި ދޭ ވޯޓުގެ މައްސަލައާއި، ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭގޮތުން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގައި ކުރިއަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލައެއް ކަމަށެވެ. އަދި އެ ރަށުގެ މައްޗަށް ސިޔާދަތީ ބާރު ހިންގާ ގައުމުގެ މައްސަލައަކީ ރާއްޖޭގެ ސީދާ ބައިވެރިވުން އޮތް މައްސަލައެއް ނޫންކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ޖަރުމަނުގައި ހުންނަ އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގައި މިހާރު ކުރިއަށް އެ ދަނީ ދިވެހިރާއްޖެ އާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުގެ ތެރެއިން ފުށުއަރާ ސަރަހައްދާ ގުޅޭ މައްސަލައެކެވެ. އެއީ މޮރިޝަސްގެ ފަރާތުން ހުށަހެޅި މައްސަލައެކެވެ.

- ކޮމެންޓް