ކ. މާލެ
|
23 އޮކްޓޯބަރ 2022 | އާދީއްތަ 16:51
އެފްއޭއެމްގެ ކުރީގެ އިދާރަ، ބަންދުކުރީ އާއިމާރާތެއް އަޅަން: ފޮޓޯ-މުޙައްމަދު ޝަރުހާން
އެފްއޭއެމްގެ ކުރީގެ އިދާރަ، ބަންދުކުރީ އާއިމާރާތެއް އަޅަން: ފޮޓޯ-މުޙައްމަދު ޝަރުހާން
އެފްއޭއެމް ހައުސްއިން ކަރަންޓު ކަނޑާލުން
6.5 މިލިއަން ރުފިޔާގެ ބިލް ނުދައްކާ އޮތުމުން އެފްއޭއެމް ހައުސް އިން ކަރަންޓު ކަނޑާލައިފި
ފައިސާ ނުދެއްކުމުގެ އިތުރުން ފައިސާ ދެއްކޭނެ ގޮތުގެ ޕްލޭނެއްވެސް ހުށަހަޅާފައި ނުވޭ

ޤައުމީ ފުޓްބޯޅަ އެސޯސިއޭސިއޭޝަނުން ސްޓެލްކޯއަށް ކަރަންޓު ބިލުގެ ގޮތުގައި ދައްކަން ޖެހޭ 6.5 މިލިއަން ރުފިޔާ ނުދެއްކުމުން އެފްއޭއެމް ހައުސްއިން ކަރަންޓު ކަނޑާލައިފިއެވެ.

އެފްއޭއެމް ހައުސްއިން ކަރަންޓު ކަނޑާލިކަން ސްޓޭލްކޯއިން ވަނީ ދާދީ ދެންމެ ހާމަކޮށްފައެވެ. މިކަން އެންގުމަށް ސްޓެލްކޯއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެކުންފުންޏަށް ދައްކަންޖެހޭ 6.5 މިލިއަން ރުފިޔާ ދެެއްކުމަށް އެކި ފަހަރުމަތިން އަންގާ، އެ ފައިސާ ދެއްކޭނެ ގޮތުގެ ޕްލޭނެއް ހުށަހެޅުމަށް ގިނަ ފުރުސަތުތަކެއް ދިން ކަމަށެވެ. ނަމަވެސް ފައިސާ ނުދެއްކުމުގެ އިތުރުން ފައިސާ ދެއްކޭނެ ގޮތުގެ ޕްލޭނެއްވެސް ހުށަހަޅާފައި ނުވާތީ އާދީއްތަ ދުވަހު އެފްއޭއެމް ހައުސްއިން ކަރަންޓު ކަނޑާލާފައިވާ ކަމަށެވެ.

އެފްއޭއެމް ހައުސްއިން ކަރަންޓު ކަނޑާލާ، ޚިދުމަތް މެދުކަނޑާލާފައިވާކަން ހާމަކޮށް ސްޓޭލްކޯއިން ބުނީ މި ފައިސާ ނުދައްކާނަމަ، އެފްއޭއެމްގެ އެހެން އިމާރާތްތަކުންވެސް ކަރަންޓުގެ ހިދުމަތް މެދުކަނޑާލުމަށް އެކުންފުނިން ވިސްނަމުންދާ ކަމަށެވެ.

މިކަމާއި ގުޅިގެން އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީ ޙުސެއިން ޖަވާޒް (ޖަވާ) ވިދާޅުވީ އެކަމާއި ގުޅިގެން މިއަދުގެ ވަގުތެއްގައި އެފްއޭއެމްއިން ބަޔާނެއް ނެރޭނެ ކަމަށެވެ.

އެފްއޭއެމްއިން އެކި ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާ ނުދެއްކުމުގެ މައްސަލަ މިހާރުވެސް ވަނީ ވަރަށް ބޮޑަށް ފެންމަތިވެފައެވެ. އެގޮތުން ޤައުމީ ޓީމުގެ ކުޅުންތެރިންނާއި ކޯޗުންނަށް ދޭން ޖެހޭ ފައިސާގެ ބޮޑު އަދަދެއްވެސް އެފްއޭއެމްއިން ދީފައެއް ނުވެއެވެ.

- ކޮމެންޓް