ކ. މާލެ
|
23 އޮކްޓޯބަރ 2022 | އާދީއްތަ 07:41
ޑޯޓްމަންޑުން ކުޅުނު މެޗުގެ ތެރެއިން
ޑޯޓްމަންޑުން ކުޅުނު މެޗުގެ ތެރެއިން
ޓްވީޓަރ
ޖަރުމަނު ލީގު
ބޮޑު ތަފަތާކުން ސްޓުޓްގާޓް ބަލިކޮށް ޑޯޓްމަންޑު ފަސް ވަނައިގައި
ޑޯޓްމަންޑުގެ އަމިއްލަ ދަނޑުގައި އެ ޓީމުން ވަނީ 0-5 އިން ސްޓަޓްގާޓް ބަލިކޮށްފައި

ޖަރުމަނު ލީގުގައި ސްޓުޓްގާޓާ ދެކޮޅަށް ކުޅުނު މެޗު ބޮޑު ތަފާތަކުން ބޮރޫޝިއާ ޑޯޓްމަންޑުން ކާމިޔާބުކޮށްފިއެވެ.

ޑޯޓްމަންޑުގެ އަމިއްލަ ދަނޑުގައި އެ ޓީމުން ވަނީ 0-5 އިން ސްޓަޓްގާޓް ބަލިކޮށްފައެވެ.

މެޗު ފަށައިގެން ކުރީ ކޮޅު ޑޯޓްމަންޑުން ވަނީ ލީޑު ނަގާފައެވެ. މެޗުގެ ދެ ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޖޫޑް ބެލިންހަމްއެވެ. އޭގެ ފަހުން މެޗުގެ 13 ވަނަ މިނެޓުގައި ޑޯޓްމަންޑަށް ލީޑު ފުޅާކޮށްދިނީ ނިކްލަސް ސޫލާއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޑޯޓްމަންޑުން ވަނީ އިތުރު ލަނޑެއް ޖަހާފައެވެ. އެއީ 44 ވަނަ މިނެޓުގައި ޖިއޯވާނީ ރޭނާ ޖެހި ލަނޑެވެ.

ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން ޑޯޓްމަންޑުން ވަނީ ސްޓަޓްގާޓްގެ ގޯލަށް ނުރައްކާކޮށްފައެވެ. ދެ ވަނަ ހާފުގެ 53 ވަނަ މިނެޓުގައި ޑޯޓްމަންޑުގެ ހަތަރު ވަނަ ލަނޑު ޖަހައިދިނީ ބެލިންހަމްއެވެ. އެ ޓީމުގެ ފަސް ވަނަ ލަނޑު ޖެހީ ޔޫސެފާ މޫކޯކޯއެވެ.

މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާ އެކު ޑޯޓްމަންޑު އޮތީ 11 މެޗުން 19 ޕޮއިންޓު ހޯދައިގެން ތާވަލްގެ ފަސް ވަނަ މަގާމުގައެވެ. މެޗުން ބަލިވި ސްޓަޓްގާޓް އޮތީ ރެލިގޭޝަން ޒޯންގެ ބިރުވެރިކަމުގައެވެ. 11 މެޗުން ލިބުނު އަށް ޕޮއިންޓާ އެކު އެ ޓީމު އޮތީ 16 ވަނަ މަގާމުގައެވެ.

- ކޮމެންޓް