ކ. މާލެ
|
23 އޮކްޓޯބަރ 2022 | އާދީއްތަ 07:17
ދިރާގު
ދިރާގު
ދިރާގު
ދިރާގު
ދިރާގުގެ 'ސަޅި މަންތުލީ 2ޖީބީ' އެޑްއޮން އާ އެކު ކޮންމެ ދުވަހަކު 8ޖީބީ
މި އެޑްއޮން އެކްޓިވޭޓް ކުރެވޭނީ 745 ރުފިޔާއަށް
30 ދުވަހުގެ މުއްދަތަކަށް ދުވާލަކު 8ޖީބީ ޑޭޓާ ލިބޭނެ

ދިިރާގުގެ "ސަޅި މަންތުލީ 2ޖީބީ" އެޑްއޮން އާ އެކު ކަސްޓަމަރުންނަށް އިތުރު ޑޭޓާ ލިބޭ ގޮތް ހަދައިފިއެވެ.

އެ ކުންފުނިން ބުނި ގޮތުގައި އަޕްގްރޭޑް ކޮށްފައިވާ 'ސަޅި މަންތުލީ 2ޖީބީ' އެޑް-އޮން އާ އެކު ކޮންމެ ކަސްޓަމަރަަކަށް ވެސް މިހާރު 30 ދުވަހުގެ މުއްދަތަކަށް ދުވާލަކު 8ޖީބީ ޑޭޓާ ލިބޭނެ ކަމަށެވެ. މި އެޑްއޮން އެކްޓިވޭޓް ކުރެވޭނީ 745 ރުފިޔާއަށެވެ.

މަހަކު ޖުމްލަ 240ޖީބީ ލިބޭ މި އެޑް-އޮން ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް ނުވަތަ 343 އަށް ‘S2GB30’ ޖަހާފައި އެސްއެމްއެސްއެއް ކޮށްގެން ވެސް ނެގޭނެއެވެ.

ސަޅި ޕްރީޕެއިޑް ޕްލޭނަކީ ކޮންމެ ދުވަހަކު ރިފްރެޝްކުރެވޭ ޑެއިލީ ޑޭޓާ އެލަވަންސްގެ އަދަދާއި ވެލިޑިޓީ އިޚްތިޔާރު ކުރެވޭގޮތަށް ފަރުމާކުރެވިފައިވާ ޕްލޭނެކެވެ. މި ޕްލޭން ނަގައިގެން ކަސްޓަމަރުންނަށް ދިރާގުގެ ހުރިހާ ނަމްބަރަކަށް ވެސް އަންލިމިޓެޑްކޮށް ހިލޭ ގުޅާލެވޭނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ބުނި ގޮތުގައި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އައު އޮފާތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށެވެ.

- ކޮމެންޓް