Advertisement
ކ. މާލެ
|
22 ޖޫން 2017 | ބުރާސްފަތި 16:15
ގަލޮޅު ދެކުނު ދާއިޜާގެ މެމްބަރު އަހުމަދު މަހްލޫފް
ގަލޮޅު ދެކުނު ދާއިޜާގެ މެމްބަރު އަހުމަދު މަހްލޫފް
ރާއްޖެއެމްވީ
މެމްބަރު މަހުލޫފް
ކުރިއަށް އޮތީ އުފާވެރި ޚަބަރުތައް، ފެންނަން އެދޭ މަންޒަރުތައް:މަހްލޫފް
މަހުލޫފް ވިދާޅުވީ އަނިޔާވެރިންބަލިވެ ހައްގަށް ނަސްރު ލިބޭނެ ކަމަށް

ކުރިއަށް ފެންނަން އޮތީ އުފާވެރި ޚަބަރުތައް ކަމަށާއި އިވެން އެދޭ އަޑުތަކާއި ފެންނަން އެދޭ  މަންޒަރުތައް ފެންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

މަހްލޫފް އެގޮތަށް ވިދާޅުވީ ބުރާސްފަތި ދުވަހު ކުރެއްވި ޓްވީޓެއްގަ އެވެ. މަހުލޫފް ވިދާޅުވީ އަނިޔާވެރިން ބަލިވެ، ހައްގަށް ނަސްލިބޭނެ ކަމަށެވެެ.

މިމަހުގެ ނުވަ ވަނަ ދުވަހު 10 މަހާއި 24 ދުވަހުގެ ޖަލު ހުކުމް ތައްފީޒު ކުރެއްވުމަށްފަހު މަހްލޫފް ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ކުރިންވެސް ވިދާޅުވަމުންދާ ފާޑުކިތުންތައް ތަކުރާރު ކުރައްވަމުންނެވެ.

މަހްލޫފަކީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާއި ރައީސް ޔާމީން ހިންގެވިކަމަށް ބުނާ ސިއްރު ގިނަ ކަންތައްތަކެއް ހާމަކޮށްފައިވާ ބޭފުޅެކެވެ. އަދި ރައީސް ޔާމީންގެ ސަރުކާރަށް އެންމެ ބޮޑަށް ފާޑުވިދާޅުވަމުންގެންދަވާ، ޖެހިލުންކުޑަ ބޭފުޅެއްގެ ގޮތުގައި މަހުލޫފް ފާހަގަކުރެވިފައިވާއިރު، މަހްލޫފަކީ މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ރައީސް ޔާމީންގެ ސްޕޯކްސްޕާޝަން އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް