ކ. މާލެ
|
22 އޮކްޓޯބަރ 2022 | ހޮނިހިރު 11:22
އަންކަރާ ނައިޓް
އަންކަރާ ނައިޓް
އެސްޓީއޯ
އަންކަރާ ނައިޓް
އެސްޓީއޯއިން "އަންކަރާ ނައިޓް" ބާއްވައިފި
މި އިވެންޓުގައި އަންކަރާ ޕާސްތާ ޕްރޮމޯޓްކޮށްފައިވޭ
މި ޕާސްތާގެ އަޖުމަ ބަލާލުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލާފައިވޭ

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން "އަންކަރާ ނައިޓް"ގެ ނަމުގައި ބްރޭންޑް ޕްރޮމޯޓުކުރުމުގެ ހަފްލާއެއް ކުރިއަށްގެންގޮސްފިއެވެ.

މި ހަފްލާ ކުރިއަށްގެންގޮސްފައިވަނީ ހުކުރު ދުވަހުގެރޭ އައްޑޫ ހައި ސްކޫލުގައެވެ. އަންކަރާ ބްރޭންޑުގެ ޕާސްތާއަކީ އެސްޓީއޯއިން ރާއްޖެ އެތެރެކޮށް މާކެޓުކުރާ ބްރޭންޑެެކެވެ.

އެސްޓީއޯއިން ބުނީ މި ހަފްލާ ކުރިއަށްގެންގޮސްފައިވަނީ އާންމުންނަށް ހުޅުވާލައިގެން ކަމަށެވެ. އެއްވެސް ފީއެއް ނުނަގާ ކުރިއަށްގެންދިޔަ މި އިވެންޓުގައި އަންކަރާ ޕާސްތާގެ އަޖުމަ ބަލާލުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ.

އަންކަރާ ނައިޓް - އެސްޓީއޯ

އަދި މި ބްރޭންޑުގެ ޕާސްތާއާ ގުލޭ މުހިންމު މައުލޫމާތު ދިނުމާއި، މި ބްރޭންޑު ބޭނުންކޮށްގެން ހެދިދާނެ ތަފާތު ޕާސްތާ ރެސިޕީތަކާއި އޭގެ ރަހަ އާންމުންނަށް ދައްކާލާފައިވާކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.

އަންކަރާ އަކީ ތުރުކީގެ ނަން މަޝްހޫރު ޕާސްތާ ބްރޭންޑެެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް