ކ. މާލެ
|
22 އޮކްޓޯބަރ 2022 | ހޮނިހިރު 08:45
ހއ.ހޯރަފުށީ ގެސްޓްހައުސްއެއް
ހއ.ހޯރަފުށީ ގެސްޓްހައުސްއެއް
ހޯރަފުށީ ކައުންސިލް
ޓޫރިސްޓު އެކޮމޮޑޭޝަން ފެސިލިޓީ
ފަތުރުވެރިން ތިބުމަށް ޚާއްސަ 1،194 ފެސިލިޓީ އޮޕަރޭޝަންގައި
1،198 ފެސިލިޓީއެއް ވަނީ ގާއިމުކޮށްފައި
އެންމެ ގިނަ ގެސްޓްހައުސް ހިންގަމުންދަނީ ކ. އަތޮޅުގައި

ރާއްޖެ އަންނަ ފަތުރުވެރިން ތިބުމަށް ޚާއްސަ ފެސިލިޓީތަކުގެ ތެރެއިން 1،194 ފެސިލިޓީއެއް އޮޕަރޭޝަނަށް ގެނެސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރާ ރާއްޖޭގެ ފަތުރުވެރިކަމުގެ ތަފާސްހިސާބުތައް ދައްކާގޮތުން ޓޫރިސްޓުންގެ އެކޮމޮޑޭޝަން ފެސިލިޓީގެ ގޮތުގައި 1،198 ފެސިލިޓީއެއް ރާއްޖޭގައި ވަނީ ގާއިމުކޮށްފައެވެ. އެއީ 170 ރިސޯޓާއި، 872 ހޯޓާ އަދި ގެސްޓްހައުސްއާއި، 156 ސަފާރީއެވެ.

މި ފެސިލިޓީތަކުގެ ތެރެއިން މިވަގުތު އޮޕަރޭޝަންގައި ވަނީ 1،194 ފެސިލިޓީއެކެވެ. އެއީ 166 ރިސޯޓާއި، 872 ހޯޓާ އަދި ގެސްޓްހައުސްއާއި، 156 ސަފާރީ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއެވެ. އެއީ 58،943 ބެޑް ކެޕޭސިޓީއެވެ.

ތަފާސްހިސާބުން ދައްކާގޮތުގައި މިވަގުތު އެންމެ ގިނަ ގެސްޓްހައުސް ހިންގަމުންދަނީ ކ. އަތޮޅުގައެވެ. އެ އަތޮޅުގައި ޖުމްލަ 339 ގެސްޓްހައުސް ހިންގަމުންދެއެވެ. އެއީ 7,465 ބެޑް ކެޕޭސިޓީއެވެ. ދެވަނައަށް އެންމެ ގިނަ ގެސްޓްހައުސް ހިންގަމުންދަނީ އއ. އަތޮޅުގައެވެ. އެ އަތޮޅުގައި 153 ގެސްޓްހައުސް ހިންގަމުންދާއިރު އެއީ 1،876 ބެޑް ކެޕޭސިޓީއެވެ. ތިންވަނައަށް އެންމެ ގިނަ ގެސްޓްހައުސް ހިންގަމުންދަނީ އދ. އަތޮޅުގައެވެ. އެ އަތޮޅުގައި 91 ގެސްޓްހައުސް ހިންގަމުންދާއިރު، އެއީ 1،178 ބެޑް ކެޕޭސިޓީއެވެ.

މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް ރާއްޖެ އައިސްފައިވަނީ 1،279،231 ފަތުރުވެރިންނެވެ. އެއީ ފާއިތުވި އަހަރާ އަޅާ ބަލާއިރު 34.1 އިންސައްތައިގެ އިތުރުވުމެކެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއޮކްޓޯބަރު މަހުގެ 19 ގެ ނިޔަލަށް މިމަހު ރާއްޖެ އައިސްފައިވަނީ 88،611 ފަތުރުވެރިންނެވެ. 

- ކޮމެންޓް