ކ. މާލެ
|
22 އޮކްޓޯބަރ 2022 | ހޮނިހިރު 07:56
ޔުވެންޓަސް އިން ކުޅުނު މެޗުގެ ތެރެއިން
ޔުވެންޓަސް އިން ކުޅުނު މެޗުގެ ތެރެއިން
ޓްވީޓަރ
އިޓާލިއަން ލީގު
ރަބިއޯގެ ދެ ލަނޑާ އެކު މޮޅުވެ ޔުވެންޓަސް ހަތް ވަނަ އަށް
ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އެ ޓީމު މޮޅުވީ 0-4 އިން

އިޓާލިއަން ލީގުގައި އެމްޕޮލީއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ޔުވެންޓަސް ތާވަލްގެ ހަތް ވަނަ އަށް ޖެހިލައިފިއެވެ.

ހުކުރު ދުވަހުގެ ރޭ ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އެ ޓީމު މޮޅުވީ 0-4 އިންނެވެ. މި ސީޒަންގައި ޔުވެންޓަސްގެ ފަރާތުން ދަށް ކުޅުމެއް ފެނުނު ނަމަވެސް، އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް އެ ޓީމު ވަނީ މޮޅުވެފައެވެ. އެއާއެކު އެ ޓީމުގެ ކޯޗަށް އޮތް ޕްރެޝަރު ވެސް ވަނީ ކުޑަވެފައެވެ.

މެޗުގެ އަށް ވަނަ މިނެޓުގައި ޔުވެންޓަސް އަށް ލީޑު ނަގައިދިނީ މޮއިސް ކީންއެވެ. އެއީ ފިލިޕް ކިސްޓިކްގެ އެހީތެރިކަމާއެކު އޭނާ ކާމިޔާބުކުރި ލަނޑެކެވެ. ޔުވެންޓަސްގެ އަނެއް ތިން ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގައެވެ.

ދެ ވަނަ ހާފު ފަށައިގެން 56 ވަނަ މިނެޓުގައި ޔުވެންޓަސް އަށް ލީޑު ފުޅާކޮށްދިނީ މެކް ކެނީއެވެ. އެއީ ހުއާން ކުޑަޑްރާޑޯ ދިން ބޯޅައަކުން އޭނާ ޖެހި ލަނޑެކެވެ. ޔުވެންޓަސްގެ ފަހު ދެ ލަނޑު ޖެހީ އެޑްރިއަން ރާބިއޯއެވެ. އެއީ 82 ވަނަ މިނެޓާއި، މެޗުގެ އިތުރު ވަގުތުގައި އޭނާ ޖެހި ލަނޑުތަކެވެ.

މެޗުން މޮޅުވެ ޔުވެންޓަސް ލީގު ތާވަލްގެ ހަތް ވަނަ މަގާމުގައި އޮތީ 11 މެޗުން 19 ޕޮއިންޓު ހޯދައިގެންނެވެ. ލީގު ތާވަލްގެ އެއް ވަނަ މަގާމުގައި އޮތީ ނަޕޯލީއެވެ. އެއީ 10 މެޗުން 26 ޕޮއިންޓު ހޯދައިގެންނެވެ.

- ކޮމެންޓް