ކ. މާލެ
|
22 އޮކްޓޯބަރ 2022 | ހޮނިހިރު 07:20
ސިޓީގެ ކޯޗު ގާޑިއޯލާ
ސިޓީގެ ކޯޗު ގާޑިއޯލާ
ޓްވިޓަރ
މެންޗެސްޓަރ ސިޓީ
ކްލޮޕްގެ ވާހަކަތަކަކީ އައު ވާހަކަތަކެއް ނޫން: ގާޑިއޯލާ
 
ގާޑިއޯލާ ބުނީ އެ ވާހަކަތަކުގެ ސަބަބުން އޭނާ ހައިރާން ނުވާ ކަމަށް

ޚަރަދުކުރުމާ ގުޅޭ ގޮތުން ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ދެއްކީ އައު ވާހަކަތަކެއް ނޫން ކަމަށް މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ޕްރިމިއާ ލީގުގައި ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ކްލޮޕް ބުނީ ބޭނުންވާ ގޮތަކަށް ޚަރަދުކުރެވޭނެ ތިން ކުލަބެއް އޮތް ކަމަށެވެ. ކްލޮޕް ބުނީ އެ ޓީމުތަކުން ޚަރަދުކުރަމުން ދަނީ ޤަވާއިދާ ވެސް ޚިލާފު ނުވެ އުސޫލުގެ ތެރެއިން ކަމަށެވެ. މީގެ އިތުރުން ކްލޮޕް ބުނީ އެ ކުލަބުތަކުން ކުރާ ވަރަށް ލިވަޕޫލަށް ޚަރަދު ނުކުރެވޭނެ ކަމަށެވެ.

އެ ވާހަކަތަކާ ގުޅިގެން ލީގުގައި ބްރައިޓަންއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ގާޑިއޯލާ ބުނީ އެ ވާހަކަތަކުގެ ސަބަބުން އޭނާ ހައިރާން ނުވާ ކަމަށެވެ. ސަބަބަކީ މިއީ ކްލޮޕް އެ ވާހަކަ ދެއްކި ފުރަތަމަ ފަހަރު ނޫން ކަމަށާއި، މީގެ ކުރިން ވެސް ކްލޮޕް އެ ވާހަކަ ދެއްކި ކަމަށް ގާޑިއޯލާ ބުނެފައި ވެއެވެ.

ސިޓީން ވަނީ މި ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް އާލިން ހާލަންޑު ގެނެސްފައެވެ. އޭނާ އަންނަނީ ސިޓީގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ ހޯދުމަށް ސިޓީން ވަނީ 60 މިލިއަން ޑޮލަރު ޚަރަދުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
33%
0%
0%
67%
ކޮމެންޓް