ކ. މާލެ
|
21 އޮކްޓޯބަރ 2022 | ހުކުރު 20:52
ސަލެރްނިޓާނާއަށް ބަދަލުވުމަށްފަހު ފްރޭންކް ރިބެރީ
ސަލެރްނިޓާނާއަށް ބަދަލުވުމަށްފަހު ފްރޭންކް ރިބެރީ
ގެޓީ އިމޭޖަސް
ރިބެރީ ކުޅުން ހުއްޓާލުން
ރިބެރީ ކުޅުން ހުއްޓާލިކަން އިއުލާންކޮށްފި
 
ބަޔާންގައި ކާމިޔާބު 12 ސީޒަން ހޭދަކުރި

ފްރާންސާއި ބަޔާން މިއުނިކްގެ ކުރީގެ ތަރި ފްރޭންކް ރިބެރީ ކުޅުން ހުއްޓާލިކަން އިއުލާންކޮށްފިއެވެ.

ބަޔާންއާއެކު ގިނަ ކާމިޔާބީތަކެއް ހޯދި ވިންގަރ ކުޅުން ހުއްޓާލާ ވާހަކަތައް މީޑިޔާތަކުން ރިޕޯރޓްކުރަމުން އަންނަތާ ދުވަސްތަކެއް ފަހުން, އޭނާ އެކަން ރަސްމީކޮށް އިއުލާން ކުރިއިރު އުމުރަކީ 39 އަހަރެވެ. ކުޅުން ހުއްޓާލިކަން އިއުލާންކުރިއިރު ކުޅެމުން އައީ އިޓާލިއަން ސެރީ އޭގައެވެ. އިޓަލީގެ ސެލިނިޓާނާއަށް ބަދަލުވެ, މިސީޒަންގައި ފުރަތަމަ ރޯމާއާ އަތުން ބަލިވި މެޗުގައި ކުޅުނެވެ. އެކަމަކު އޭގެ ފަހުން އަނިޔާގެ ސަބަބުން ކުޅެވޭގޮތެއް ނުވެއެވެ. ރިބެރީ ސެލިނިޓާނާއަށް މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ބަދަލުވީ ފިއޮރެންޓީނާއިންނެވެ.

ރިބެރީގެ ކާމިޔާބު ދުވަސްތައް ބަޔާންގައި ހޭދަކުރީ ނެދަލެންޑްސްގެ ވިންގަރ އާޔެން ރޮބެންއާ އެކުއެވެ. ރިބެރީ ވަނީ ބަޔާންއަށް ކުޅުނު 425 މެޗުން 124 ގޯލް ޖަހާފައެވެ. 2007-2019 އަށް އެކްލަބާއެކު ހޭދަކުރި މުއްދަތުގައި ނުވަ ފަހަރު ބުންޑަސް ލީގު ހޯދިއެވެ. އަދި 2013 ވަނަ އަހަރު ޗެމްޕިއަންސްލީގު އުފުލާލި ޓީމްގައިވެސް މުހިއްމު ދައުރެއް އަދާކުރިއެވެ. 2007 ވަނަ އަހަރު ރިބެރީ ބަޔާންއާ ގުޅުނީ ފްރާންސްގެ މާސޭއިންނެވެ.

2006 ވަނަ އަހަރުގެ ވޯލްޑްކަޕް ފައިނަލް ކުޅުނު ފްރާންސް ޓީމްގައި ރިބެރީ ހިމެނެއެވެ. އެކަމަކު އަނިޔާގެ ސަބަބަބުން 2014 ވަނަ އަހަރުގެ ވޯލްޑްކަޕް ގެއްލުނެވެ. ރިބެރީ ވަނީ ފްރާންސް ޤައުމީ ޓީމަށް 81 މެޗު ކުޅެ, 16 ގޯލް ޖަހާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް