ކ. މާލެ
|
22 ޖޫން 2017 | ބުރާސްފަތި 14:36
އިރާގުގެ މޫސަލްގައި ހުންނަ އަލް ނޫރީ މިސްކިތް
އިރާގުގެ މޫސަލްގައި ހުންނަ އަލް ނޫރީ މިސްކިތް
ރޮއިޓަރސް
އިރާގުގެ މޫސަލް
އަލް ނޫރީ މިސްކިތް ގޮއްވާލުމަކީ އައިއެސް އިން "ރަސްމީކޮށް ބަލި ގަބޫލުކުރުން": އިރާގު
މިސްކިތް ހަލާކުކޮށްލީ އެމެރިކާގެ މަތިންދާބޯޓަކުން ދިން ހަމަލާއެއްގައި ކަމަށް އައިއެސް އިން ބުނޭ
އައިއެސްގެ ތުހުމަތު އެމެރިކާ އިން ދޮގުކުރޭ

އިރާގުގެ މޫސަލްގައި ހުންނަ ތާރީޚީ އަދި މަޝްހޫރު އަލް ނޫރީ މިސްކިތަށް ހަމަލާދީ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ގޮއްވާލުމަކީ އެޖަމާއަތުން "ރަސްމީކޮށް ބަލި ގަބޫލުކުރުން" ކަމަށް އިރާގުގެ ބޮޑު ވަޒީރު ހައިދަރް އަލް-އަބަދީ ވިދާޅުވެއްޖެއެވެ. 

އަލް ނޫރީ މިސްކިތް ގޮއްވާލުމަކީ އައިއެސް އިން  "ރަސްމީކޮށް ބަލި ގަބޫލުކުރުން" ކަމަށް އިރާގު ބޮޑު ވަޒީރާ ހަވާލާދީ ބީބީސީ އިން ރިޕޯޓު ކުރާއިރު، އިރާގު ސިފައިން ބުނެފައި ވަނީ ސަރުކާރާއި ގުޅިފައިވާ ސިފައިން ކުރިއަށް ޖެހި ދެމުން ދިޔަ ހަމަލާތައް ހުއްޓުވަން އައިއެސްގެ ހަނގުރާމަވެރިން މަސައްކަތް ކުރަމުން ދިޔަ ކަމަށެވެ. 

އައިއެސް އިން ބުނެފައި ވަނީ މިސްކިތް ހަލާކުކޮށްލީ އެމެރިކާގެ މަތިންދާބޯޓަކުން ދިން ހަމަލާއެއްގައި ކަމަށެވެ. އެހެންނަމަވެސް އެކަން އެމެރިކާ އިން ދޮގުކުރެއެވެ.

އަށްސަތޭކަ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މިސްކިތް ހަލާކުވެގެން ދިޔައިރު  2014 ވަނަ އަހަރުގެ ޖޫން މަހު އައިސިސްގެ ލީޑަރު އަބޫބަކުރު އަލް ބަގްދާދީ އޭނާގެ އިސްލާމީ ޚިލާފަތު އިއުލާން ކުރީ އަލް ނޫރީ މިސްކިތުގައެވެ. އެ މިސްކިތް ގޮއްވާލީ ޖޫން މަހުގެ 21 ވީ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށް ރިޕޯޓުތައް ބުނާއިރު މިއީ 12 ވަނަ ގަރުނުގައި ބިނާކޮށްފައިވާ ތާރީޚީ މިސްކިތެކެވެ. 

އެމެރިކާ އިން ވާގިވެރިވާ އިރާގު ސަރުކާރުން ވަނީ އިރުމަތީ މޫސަލް މިއަހަރުގެ ޖެނުއަރީގައި އެމީހުންގެ އަތްދަށަށް ގެނެސްފައެވެ. އަދި ނިމިދިޔަ މޭމަހު ވަނީ ހުޅަނގު މޫސަލްގައި  އައިއެސްގެ ކޮންޓްރޯލް އޮތް ސަރަހައްދުތައް ހިފުމަށް މަަސައްކަތް ފަށާފައެވެ.

އިރާގު މޫސަލްގައި ބާކީ ތިބި އައިއެސްގެ ހަނގުރާމަވެރިން އެ ސިޓީގައި ވާނީ މަރު ކަމަށް އެމެރިކާގެ އަސްކަރިއްޔާގެ އޮފިޝަލަކު މާޗް މަހު ވަނީ ވިދާޅުވެފައެވެ. މޫސަލްގެ، އައިއެސްގެ ކޮންޓްރޯލް އޮންނަ ސަރައްދުތަކުގައި ދަތި ހާލުގައި އަދިވެސް އެތައްހާސް ބަޔަކު އެބަތިއްބެވެ.

 

 

 

- ކޮމެންޓް
23 ޖޫން 2017 | ހުކުރު 11:55
މުހައްމަދު
ހަރުބީ ބޮޑެތި ކާފަރުން ހަބަރެއް ދޭ އިރައް ތަނެއް ދޮރެއް ނުބަލާ ޖަހާތި ، ތީ މައުލޫމާތު ފެތުރުމެއްނޫން .ތިޔަ މިސްކިތައްބޮން އެޅީ ސައުދީ އެމެރިކާނެ ސައިތާނީ ކޯލިސަނުން. މިސްކިތައް ބޮން އަޅާ ބިމާ ހަމަ ކޮއްލާފަ މި ބުނަނީ އައިއެސް އޭ..ތީ އިރާގް ސަރުކާރާއި އެމެރިކާ ގުޅިގެން މުސްލިމުން ނާއި ދެކޮޅައްހިންގި ބޮޑޫވެގެންވާ ޖަރީމާއެއް....ނިކަން ޖަހާބަލަ މި ކޮމަންޓް..