ކ. މާލެ
|
20 އޮކްޓޯބަރ 2022 | ބުރާސްފަތި 14:21
ގްލޯބް ސޮކާ އެވޯޑު
ގްލޯބް ސޮކާ އެވޯޑު
ޓްވިޓަރ
ގްލޯބް ސޮކާ އެވޯޑް
ގްލޯބް ސޮކާ އެވޯޑަށް ވާދަކުރާ ކުޅުންތެރިން ހާމަކޮށްފި
 
ގްލޯބް ސޮކާ އެވޯޑު ހަފްލާ އޮންނާނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ދުބާއީގައި

ޔޫރަޕިއަން ކްލަބް އެސޯސިއޭޝަނާއި ޔޫރަޕިއަން އެސޯސިއޭޝަން އޮފް ޕްލޭޔާސް އޭޖެންޓްސް ގުޅިގެން ބާއްވާ ގްލޯބް ސޮކާ އެވޯޑަށް ވާދަކުރާ ކުޅުންތެރިން ހާމަކޮށްފިއެވެ.

މިއަހަރުގެ އެވޯޑަށް ވާދަކުރާ ކުޅުންތެރިންގެ ތެރޭގައި ހަ ފަހަރު މި އެވޯޑު ހޯދާފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯގެ އިތުރުން ލިއޮނެލް މެސީ، ކީލިއަން އެމްބާޕޭ، ރޮބާޓް ލެވަންޑޯސްކީ، ކަރިމް ބެންްޒެމާ، ތިބައޫ ކޯޓުއާ، މުޙައްމަދު ޞަލާޙު، އަލެކްސެންޑާ އާނޯލްޑް، ޔާއޯ ކަންސެލޯ، ކަސެމީރޯ، ކެވިން ޑިބްރޭނާ، ލުއިޒް ޑިއާޒް، ފިލް ފޮޑެން، އާލިން ހާލަންޑު، ސެބަސްޓިއެން ހާލާ، ސިރޯ އިމްމޮބިލް، ވިނީޝިއުސް ޖޫނިއާ، ހެރީ ކޭން، ޔޯޝުއާ ކިމިޗް، ރިޔާދް މާރޭޒް، ސަޑިއޯ މާނޭ، ލޫކާ މޮޑްރިޗް، ނޭމާ، ކްރޮސްޓޮފާ އެންކުންކޫ، އަދި ހުން މިން ސޮން ހިމެނެއެވެ.

އެންމެ ފަހުން 2021 ވަނަ އަހަރު އެންމެ މޮޅު ފިރިހެން ކުޅުންތެރިޔަކަށް ހޮވުނީ އެމްބާޕޭއެވެ. އަންހެން އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އަލެކްސިއާ ޕުޓޭޔާސްއެވެ. މީގެ އިތުރުން އެހެން މަގާމުތައް ވެސް ވަނީ ހޮވާފައެވެ.

މިއަހަރުގެ ގްލޯބް ސޮކާ އެވޯޑު ހަފްލާ އޮންނާނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ދުބާއީގައެވެ. މިއަހަރުގެ ހަފްލާގައި 11 އެވޯޑެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
40%
0%
20%
20%
0%
20%
ކޮމެންޓް