ކ. މާލެ
|
20 އޮކްޓޯބަރ 2022 | ބުރާސްފަތި 07:40
ޕޮގްބާ
ޕޮގްބާ
ޓްވިޓަރ
ޕޮގްބާ
ސާޖަރީއަށް ފަހު ޕޮގްބާ ޔުވެންޓަސްގެ ފަރިތަކުރުންތަކަށް
 
ޔުވެންޓަސް އިން އަންގާރަ ދުވަހު ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގައި ޕޮގްބާ ވަނީ ބައިވެރިވެފައި

ސީޒަން ފެށުމުގެ ކުރިން ލިބުނު އަނިޔާ އިން ރަނގަޅުވެ ޕައުލް ޕޮގްބާ ޔުވެންޓަސްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފިއެވެ.

މެންޗެސްޓަރ ޔުނައިޓެޑު ދޫކޮށްލުމަށްފަހު ޔުވެންޓަސް އަށް ބަދަލުވެ ކުރިއަށް ގެންދިޔަ ފަރިތަކުރުމެއްގެ ތެރެއިން ޕޮގްބާ އަށް ވަނީ އަނިޔާވެފައެވެ. އޭނާ އަށް ލިބުނު ކަކުލުގެ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުންނަން ޖެހުނުއިރު، ސާޖަރީ އެއް ވެސް ހަދަން ޖެހުނެވެ. ފީފާ ވޯލްޑް ކަޕް ގެއްލުމުގެ ބިރު އޮތުމުން ސާޖަރީ ހެދުމަށް ޕޮގްބާ ފަސް ޖެހުނު ނަމަވެސް ޕޮގްބާ ވަނީ ކަކުލުގެ ސާޖަރީއެއް ހަދައިފައެވެ.

ޔުވެންޓަސް އިން އަންގާރަ ދުވަހު ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގައި ޕޮގްބާ ވަނީ ބައިވެރިވެފައެވެ. ފަރިތަކުރުމުގައި ބައިވެރިވުމަށްފަހު ޕޮގްބާ ބުނީ އެނބުރި އާދެވުނީތީ އުފާވާ ކަމަށާއި، އެއީ އަދި ފުރަތަމަ ފަރިތަކުރުން ކަމަށެވެ. ކުރިއަށް ކުރަން ހުރި މަސައްކަތް ބޮޑުކަން ފާހަގަކޮށް އޭނާ ބުނީ ކުރިއަށް ދާން ބޭނުންވަނީ ހިތްހަމަ ޖެހިގެން ކަމަށެވެ.

ޕޮގްބާ ކަކުލުގެ ސާޖަރީއެއް ހެދުމާއެކު އޭނާ އަށް އަންނަ ނޮވެމްބަރު ޤަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕް ގެއްލިދާނެ ކަމުގެ ބިރު އޮތީ ބޮޑުވެފައެވެ. ނަމަވެސް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން މިހާރު ޕޮގްބާ އަށް ވޯލްޑް ކަޕްގައި ކުޅެވުމުގެ ފުރުސަތު އެބަ އޮތެވެ. ޕޮގްބާ އަކީ ފްރާންސް އިން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރި އިރު، އެ ޓީމުގައި މުހިންމު ކުޅުންތެރިޔެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް