ކ. މާލެ
|
20 އޮކްޓޯބަރ 2022 | ބުރާސްފަތި 06:53
1986ގެ ވޯލްޑް ކަޕް ފައިނަލުގައި މަރަޑޯނާ ބޭނުންކުރި ޖާޒީ
1986ގެ ވޯލްޑް ކަޕް ފައިނަލުގައި މަރަޑޯނާ ބޭނުންކުރި ޖާޒީ
ރޮއިޓާސް
މަރަޑޯނާގެ ޖާޒީ
1986ގެ ވޯލްޑް ކަޕް ފައިނަލުގައި މަރަޑޯނާ ބޭނުންކުރި ޖާޒީ އާޖެންޓީނާއަށް
1986 ވަނަ އަހަރު މެކްސިކޯގައި އޮތް ވޯލްޑް ކަޕްގެ ތަށި އާޖެންޓީނާ އުފުލާލީ ފައިނަލް މެޗުގައި 3-2ން ޖަރުމަނު ބަލިކޮށްގެން

މީގެ 36 އަހަރު ކުރިން, 1986 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިންލަ މެޗުގައި އާޖެންޓިނާގެ ފުޓްބޯޅަ ލެޖެންޑް ޑިއެގޯ މަރަޑޯނާ ބޭނުންކުރި ޖާޒީ އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަނާއި ހަވާލުކޮށްފިއެވެ.

1986 ވަނަ އަހަރު މެކްސިކޯގައި އޮތް ވޯލްޑް ކަޕްގެ ތަށި އާޖެންޓީނާ އުފުލާލީ ފައިނަލް މެޗުގައި 3-2ން ޖަރުމަނު ބަލިކޮށްގެންނެވެ. އެމެޗަށްފަހު މަރަޑޯނާ ވަނީ ޖަރުމަނުގެ ކުޅުންތެރިޔާ ލޯތާ މެތިއަސްއާ ޖާޒީ ބަދަލުކޮށްފައެވެ. އޭގެ 36 އަހަރު ފަހުން މެތިއަސް ވަނީ މިއަހަރުގެ އޯގަސްޓު މަހު މެޑްރިޑްގައި ހުންނަ އާޖެންޓީނާ އެމްބަސީއަށް އެޖާޒީ ހަދިޔާ ކޮށްފައެވެ. މި އެމްބަސީން އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަނާއި ޖާޒީ ހަވާލުކުރީ ބުދަ ދުވަހުއެވެ.

އާޖެންޓިނާ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ކްލައުޑިއޯ ޓަޕިއާ ވަނީ މި ޖާޒީ އެޤައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނާއި ހަވާލުކުރިކަމަށް ޓަކައި ޝުކުރު އަދާކޮށްފައެވެ. އަދި އޭނާ ވަނީ އެޖާޒީއަކީ އާޖެންޓީނާއަށް އަދި ޤައުމުގެ ތާރީޚަށް ވެސް ވަރަށް މުހިންމު އެއްޗެސްގެ ގޮތުގައި ސިފަކޮށްފައެވެ.

1986 ވަނަ އަހަރުގެ ވޯލްޑް ކަޕް ސެމީ ފައިނަލް މެޗުގައި އިންގްލެންޑާއި ދެކޮޅަށް ކުޅުނުއިރު މަރަޑޯނާ ލައިގެން ހުރި ޖާޒީ ވަނީ މިދިޔަ މޭމަހު ވިއްކާލާފައެވެ. މަރަޑޯނާގެ ހޭންޑް އޮފް ގޯޑްގެ ނަމުން މަޝްހޫރުވެފައިވާ ލަނޑު ޖެހިއިރު އޭނާ ލައިގެން ހުރި މި ޖާޒީ ވިއްކާލީ 8.01 މިލިއަން ޑޮލަރަށެވެ. އަދި މަރަޑޯނާ އެލަނޑު ޖެހި ބޯޅަ ނީލަމުގައި ވިއްކާލުންވެސް މިއަންނަ މަހު އޮންނާނެއެވެ.

- ކޮމެންޓް