ކ. މާލެ
|
19 އޮކްޓޯބަރ 2022 | ބުދަ 18:58
އަލްއުސްތާޒު ޝުއައިބު ހުސައިން ޒަކަރިއްޔާ
އަލްއުސްތާޒު ޝުއައިބު ހުސައިން ޒަކަރިއްޔާ
ޖޭއެސްސީ
ހައިކޯޓުގެ ފަނޑިޔާރު ޝުޢައިބް ޙުސައިން ޒަކަރިއްޔާ
ހައިކޯޓުގެ ފަނޑިޔާރު ޝުޢައިބް ޙުސައިން ޒަކަރިއްޔާ ރިޓަޔަރ ކުރައްވަނީ
20 އަހަރަށްވުރެ ގިނަ ދުވަސް ވަންދެން ފަނޑިޔާރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި

ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު ޝުޢައިބު ހުސައިން ޒަކަރިއްޔާ ރިޓަޔަރ ކުރައްވަން ނިންމަވާފައިވާ ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.

އެ ކޮމިޝަނުން ބުނީ ފަނޑިޔާރު ޝުއައިބު ރިޓަޔަރ ކުރައްވަން ނިންމަވައި އެކަން ކޮމިޝަނަށް އަންގަވާފައިވާ ކަމަށެވެ. އަދި އެދިލެއްވިގޮތަށް ރިޓަޔަރ ކުރެއްވޭނެ ކަމަށް އެ ކޮމިޝަނުން 16 އޮކްޓޯބަރުގެައި ބޭއްވި ޖަލްސާގައި ނިންމާފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

ޖޭއެސްސީން ބުނެފައިވާ ގޮތުގައި ފަނޑިޔާރު ޝުއައިބު ރިޓަޔަރ ކުރައްވަނީ "އުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ވަކިވާ ފަނޑިޔާރުންނަށާއި، 55 އަހަރު ނުވިނަމަވެސް އަމިއްލައަށް އެދިގެން ސިއްޙީ ސަބަބުތަކަށްޓަކައި މަޤާމުން މުސްކުޅިކުރާ ފަނޑިޔާރުންނަށް ޢިނާޔަތް ދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" ގެ ދަށުން ސިއްޙީ ސަބަބުތަކާ ގުޅިގެން ކަމަށެވެ.

ފަނޑިޔާރު ޝުއައިބު އަކީ 1 ޖޫން 1999 ވަނަ ދުވަހުން ފެށިގެން ފަނޑިޔާރު ކަމުގެ މަގާމު އަދާކުރައްވަމުން ގެންދަވާ ފަނޑިޔާރެކެވެ. ހައިކޯޓުގެ ފަނޑިޔާރުކަމަށް ޝުއައިބު ޢައްޔަންކޮށްފައިވަނީ 26 މާރޗު 2011 ވަނަ ދުވަހުއެވެ. އެހެން ކަމުން ފަނޑިޔާރު ކަމުގެ މަޤާމުގައި 20 އަހަރަށްވުރެ ގިނަދުވަހު ޝުއައިބު ވަނީ ޚިދުމަތް ކުރައްވާފައިވެއެވެ.

ފަނޑިޔާރުކަމުން ޝުއައިބު ރިޓަޔަރ ކުރައްވާނީ އަންނަ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހުއެެވެ.

- ކޮމެންޓް