ކ. މާލެ
|
19 އޮކްޓޯބަރ 2022 | ބުދަ 13:34
ބެލަރޫސްގެ ރައީސް އެލެކްޒެންޑާ ލުކަޝެންކާ
ބެލަރޫސްގެ ރައީސް އެލެކްޒެންޑާ ލުކަޝެންކާ
އެޓްލާންޓިކް ކައުންސިލް
ބެލަރޫސްގެ ދަރަނިތައް ނުދެއްކުން
ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ދަރަނިތައް ނުދެއްކޭ- ބެލަރޫސް
ޔޫރަޕިއަން ޔޫނިއަނާއި އެމެރިކާއިން އެގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ދަރަނިތައް ނުދެއްކޭ ކަމަށް ބެލަރޫސް އިން ވަނީ ބުނެފައި
ވޯލްޑް ބޭންކުން ވަނީ ބެލަރުސް އިން ނަގާފައިވާ ލޯނުތަކަށް ނުދައްކާ ހުރި ފައިސާގެ އަދަދު 68.43 މިލިއަން ޑޮލަރަށް އަރާކަމަށް ބުނެފައި
ވޯލްޑް ބޭންކުން ވަނީ އެބޭންކުން ބެލަރުސް އަށް ފޯރުކޮށްދީފައިވާ ހުރިހާ ލޯނެއް މިހާރު "ނަންޕާރފޯމިން" ސްޓޭޓަސް އަށް ލާފައިވާކަމަށް ބުނެފައި

އެގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ދަރަނިތައް އަދާނުކުރެވޭކަމަށް ބެލަރޫސް އިން ބުނެފިއެެވެ.

ބުދަ ދުވަހު ބެލަރޫސް އިން ވަނީ އެގައުމުން ނަގާފައިވާ ބޭރުގެ ދަރަނިތައް ނުދެއްކޭ ކަމަށް ބުނެފައެވެ. މިއީ ޔޫރަޕިއަން ޔޫނިއަނާއި އެމެރިކާއިން އެގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ބެލަރޫސް އިން ބުނެއެވެ.

ހޯމަ ދުވަހު ވޯލްޑް ބޭންކުން ވަނީ ބެލަރޫސް އިން ނަގާފައިވާ ލޯނުތަކަށް ނުދައްކާ ހުރި ފައިސާގެ އަދަދު 68.43 މިލިއަން ޑޮލަރަށް އަރާކަމަށް ބުނެފައެވެ. ވޯލްޑް ބޭންކުން ވަނީ އެ ބޭންކުން ބެލަރޫސް އަށް ފޯރުކޮށްދީފައިވާ ހުރިހާ ލޯނެއް މިހާރު "ނަން ޕާރފޯމިން" ސްޓޭޓަސް އަށް ލާފައިވާކަމަށް ވެސް ބުނެފައެވެ.

ފެބްރުއަރީ 24 ވަނަ ދުވަހު ފެށުނު ޔޫކްރެއިން ރަޝިއާ ހަނގުރާމަ އާ އެކު އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ވަނީ ރަޝިއާ އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ފަށާފައެވެ.

މިހާތަނަށް އައިއިރު، ރަޝިއާ އާ ދެކޮޅަށް ދަތިކުރުމުގެ ވަރުގަދަ ފިޔަވަޅުތަކެއް ހުޅަނގުން އަޅާފައިވާއިރު، އެގައުމަށް ވާގިވެރިވާކަމަށް ބުނެ ބެލަރޫސް އާ ދެކޮޅަށް ވެސް މިފަދަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް