ކ. މާލެ
|
19 އޮކްޓޯބަރ 2022 | ބުދަ 08:56
ޖޮޓާ
ޖޮޓާ
ޓްވިޓަރ
ޖޮޓާ އަށް އަނިޔާވުން
އަނިޔާގެ ސަބަބުން ޖޮޓާ އަށް ވޯލްޑް ކަޕް ގެއްލޭނެ
 
ޖޮޓާ އަށް އަނިޔާ ލިބިފައިވަނީ ފައިގެ ކުޑަ ކަޅުވާ މަސްގަނޑަށް

އަނިޔާގެ ސަބަބުން ލިވަޕޫލަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ފޯވާޑް ޑިއޭގޯ ޖޮޓާ އަށް ފީފާ ވޯލްޑް ކަޕް ގެއްލޭނެކަން ޔަގީންވެއްޖެއެވެ.

މިކަން ޔަގީންކޮށްދިނީ ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕްއެވެ. ޕްރިމިއާ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ލިވަޕޫލުން ނުކުންނަ މެޗުގެ ކުރިން އޮތް ޕްރެސްގައި ކްލޮޕް ބުނީ އަނިޔާގެ ސަބަބުން ޖޮޓާ އަށް ވޯލްޑް ކަޕް ގެއްލޭނެ ކަމަށެވެ. ޖޮޓާ އަށް އަނިޔާވެފައިވަނީ ލީގުގައި އެންމެ ފަހުން ލިވަޕޫލުން މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. ޖޮޓާ އަށް އަނިޔާ ލިބިފައިވަނީ ފައިގެ ކުޑަ ކަޅުވާ މަސްގަނޑަށެވެ.

ކްލޮޕް ބުނީ ޖޮޓާ އަށް އަނިޔާވުމަކީ ލިވަޕޫލަށް ލިބޭނެ ދެރައެއް ކަމަށެވެ. މީގެ އިތުރުން ކްލޮޕް ބުނީ ވޯލްޑް ކަޕަށް ބަލާއިރު، އެކަމުގެ އަސަރު ޕޯޗުގަލްގެ ޓީމަށް ވެސް ކުރާނެ ކަމަށެވެ. ކްލޮޕް ބުނީ ކުލަބުގެ އިތުރުން ޖޮޓާ އަންނަނީ ޤައުމީ ޓީމުގައި ވެސް އިސް ދައުރެއް އަދާކުރަމުން ކަމަށެވެ.

މިކަމާ ގުޅިގެން ޖޮޓާ ބުނީ އެންފީލްޑުގައި ރަނގަޅު ނަތީޖާއެއް ލިބުނު ރެޔެއްގައި އޭނާ އަށް ދެރައެއް ލިބުނު ކަމަށެވެ. އޭނާ ބުނީ އެންމެ ފަހު ވަގުތުގައި އޭނާގެ ހުވަފެނެއް ގެއްލުނީ ކަމަށެވެ. ޖޮޓާ ބުނީ އަނިޔާގައި ހުރި ނަމަވެސް، ދަނޑު ބޭރުން ކުލަބާއި، ޤައުމީ ޓީމަށް ސަޕޯޓުކުރާނެ ކަމަށެވެ. އޭނާ ވަނީ އެނބުރި ކުޅުމަށް ވީ އެންމެ އަވަހަކަށް އަންނަން މަސައްކަތް ކުރާނެ ކަަމަށް ވެސް ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
100%
0%
0%
0%
ކޮމެންޓް