އިނގިރޭސި ޕްރިމިއާ ލީގުގައި ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗު ކްރިސްޓަލް ޕެލެސް އިން ކާމިޔާބުކޮށްފިއެވެ.
އަންގާރަ ދުވަހުގެ ރޭ ޕެލެސްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 1-2 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ވުލްވްސް އިންނެވެ. ނަމަވެސް ފަހު ހާފުގައި ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން ޕެލެސް ވަނީ މެޗު ކާމިޔާބުކޮށްފައެވެ.
މެޗުގެ 31 ވަނަ މިނެޓުގައި ވުލްވްސް އަށް ލީޑު ނަގައިދިނީ އަޑަމާ ޓްރައޯރޭއެވެ. އެއީ ޕެލެސްގެ ހޫގޯ ބުއެނޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ ވުލްވްސް ކުރީގައި އޮވެގެންނެވެ.
ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި ޕެލެސް އިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. އެއީ މިކޭލް އޮލައިސް ތަނަވަސްކޮދިން ފުރުސަތަކުން އެބެރެޗީ އީޒް ޖެހި ލަނޑުންނެވެ. އޭގެ ފަހުން ވެސް ޕެލެސް އިން ވަނީ އިތުރު ލަނޑު ޖެހުމަށް މަސައްކަތްކޮށްފައެވެ. ޕެލެސް މޮޅުކޮށްދިން ލަނޑު މެޗުގެ 70 ވަނަ މިނެޓުގައި އޮޑްސަން އެޑުވާޑް ދިން ބޯޅައަކުން ޖެހީ ވިލްފްރެޑް ޒަހާއެވެ.
މެޗުން މޮޅުވެ ވުލްވްސް އޮތީ ކުޅުނު 10 މެޗުން 13 ޕޮއިންޓު ހޯދައިގެން 10 ވަނަ މަގާމުގައެވެ. މެޗުން ބަލިވި ވުލްވްސް އޮތީ 11 މެޗުން ނުވަ ޕޮއިންޓާއެކު 17 ވަނަ މަގާމުގައެވެ.