ކ. މާލެ
|
19 އޮކްޓޯބަރ 2022 | ބުދަ 06:10
މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު
މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު
މާލެ ސިޓީ ކައުންސިލް
ގަސް ވިއްކާ މައްސަލަ
ހުއްދަނުހޯދާ ގަސް ވިއްކުމުގެ ވިޔަފާރިކުރާތީ ސިޓީ ކައުންސިލް ދިހަ ހާސް ރުފިޔާއިން ޖޫރިމަނާ ކޮށްފި
މިހާތަނަށް އިކޮނޮމިކް މިނިސްޓްރީގެ ރެޖިސްޓްރޭޝަން ޑިޕާޓްމަންޓުގައި އެފަދަ އެއްވެސް ކުންފުންޏެއް މާލެ ސިޓީ ކައުންސިލުން ރަޖިސްޓްރީ ކޮށްފައެއް ނުވޭ
ޤާނޫނާއި ގަވާއިދުގައި ބުނެފައިވާ ގޮތުގައި އެއްވެސް ކައުންސިލަކަށް ވިޔަފާރިއެއް ކުރެވޭނީ ލޯކަލް އޮތޯރިޓީ ކުންފުންޏެއް ރަޖިސްޓްރީ ކޮށްގެން

ހުއްދަ ނުހޯދާ ގަސް ވިއްކުމުގެ ވިޔަފާރިކުރާތީ ސިޓީ ކައުންސިލް ދިހަ ހާސް ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އިކޮނޮމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއިލް މާއިޒް ވިދާޅުވީ ޤާނޫނާއި ގަވާއިދުގައި ބުނެފައިވާ ގޮތުގައި އެއްވެސް ކައުންސިލަކަށް ވިޔަފާރިއެއް ކުރެވޭނީ ލޯކަލް އޮތޯރިޓީ ކުންފުންޏެއް ރަޖިސްޓްރީ ކޮށްގެން ކަމަށެވެ. ނަމަވެސް މިހާތަނަށް އިކޮނޮމިކް މިނިސްޓްރީގެ ރެޖިސްޓްރޭޝަން ޑިޕާޓްމަންޓުގައި އެފަދަ އެއްވެސް ކުންފުންޏެއް މާލެ ސިޓީ ކައުންސިލުން ރަޖިސްޓްރީ ކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލުން ވަނީ މި މަހުގެ އަށްވަނަ ދުވަހު "މާލެ ފެހި" ގެ ނަމުގައި ގަހާއި ގަސް ކާނާ ވިއްކުމަށް ހާއްސަ ފިހާރައެއް ހުޅުވައިފައެވެ. މިއީ ގަހާއި ގަސްކާނާ ވިއްކާ ވިޔަފާރިތަކުގެ ތެރެއަށް ސިޓީ ކައުނސިލުން ވަނުން ކަމަށާއި އޭގެ ސަބަބުން ވިޔަފާރިތަކަށް ގެއްލުން ވާނެ ކަމަށް ވެސް ބައެއް ވިޔަފާރިވެރިން ވަނީ ބުނެފައެވެ.

މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި އެ ކައުންސިލުން ވިސްނަނީ އެ ވިޔަފާރި ކުރިއަށް އޮތްތަނުގައި ފުޅާ ކުރުމަށެވެ. އެގޮތުން، މިހާރު ވެސް އެ ފިހާރައިން ރާއްޖޭން ލިބެން ނެތް ފަދަ ބައެއް ގަަސްތައް ލިބެން އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ގަސްވިއްކާ ފަރާތްތަކަށްވެސް ވާނީ ފައިދާ ކަމަށާ، އެހެނީ އެފަރާތްތަކުގެ ގަސްވެސް މަލޭސިޓީ ކައުންސިލް އަށް ގަންނާނެ ކަމަށް ޑރ. މުއިޒް ވިދާޅުވެފައި ވެއެވެ.

ސިޓީ ކައުންސިލުން މާލޭގައި ގަސް ވިއްކާ ފިހާރައެއް ހިންގުމަކީ ގާނޫނީ ގޮތުން ތަންދޭ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ވެސް ވަނީ ވިދާޅުވެފައެވެ. މެމްބަރުން ވެސް ވިދާޅުވެފައިވަނީ އެ ވިޔަފާރި ކުރަނީ ލޯކަލް އޮތޯރިޓީ ކުންފުންޏެއް ނުއުފައްދައި ކަމަށާއި އެހެންކަމުން އެއީ ގަވާއިދާ ޚިލާފަށް ހިންގާ ވިޔަފާރިއެއް ކަމަށެވެ.

- ކޮމެންޓް