ކ. މާލެ
|
22 ޖޫން 2017 | ބުރާސްފަތި 12:30
އަލިފާނުގެ ހާދިސާއަށްފަހު ބައެއް އާއިލާތައް އަދިވެސް ތިބީ ހޮޓާތަކުގައި
އަލިފާނުގެ ހާދިސާއަށްފަހު ބައެއް އާއިލާތައް އަދިވެސް ތިބީ ހޮޓާތަކުގައި
ޓްވިޓަރ
ލަންޑަންގެ އަލިފާނުގެ ހާދިސާ
ލަންޑަންގެ ފްލެޓް އިމާރާތެއްގައި ރޯވުން: ކެންސިންގޓަން ކައުންސިލްގެ ޗީފް އިސްތިއުފާ ދެއްވައިފި
ޖޫން މަހުގެ 14 ވަނަ ދުވަހު ގްރެން ފެލް ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާގައި މަދުވެގެން 79 މީހުންވަނީ މަރުވެފަ
ހޮލްގޭޓް އެ މަގާމާ ހަވާލުވެ ވަޑައިގެންފައިވަނީ 2014 ވަނަ އަހަރު
އަލިފާނުގެ ހާދިސާއަށްފަހު ބައެއް އާއިލާތައް އަދިވެސް ތިބީ ހޮޓާތަކުގައި

ލަންޑަންގެ ގްރެންފެލް ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އައި ފާޑުކިޔުންތަކަށް ފަހު ކެންސިންގޓަން އާއި ޗެލްސީ ކައުންސިލްގެ ޗީފް އެގްޒެކްޓިވް އިސްތިއުފާ ދެއްވައިފިއެވެ.

ޖޫން މަހުގެ 14 ވަނަ ދުވަހު ގްރެން ފެލް ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާގައި މަދުވެގެން 79 މީހުން ވަނީ މަރުވެފައެވެ.

ހޮލްގޭޓް ވިދާޅުވީ އެ ހާދިސާއަކީ "ހިތް ހަލާކުވި" ހާދިސާއެއް ކަމަށާއި ނަމަވެސް އޭނާ އެތަނަށް ޒިޔާރަތްކުރުމަކީ ކެއްވާވަރުގެ ކަމެއް ނޫން ކަމަށެވެ.

އެހީ ފޯރުކޮށްދެމުންދާ ގޮތާ މެދު އާއްމުން ވަނީ ވަރަށް ބޮޑަން ނުރުހުން ފާޅުކޮށްފައެވެ.

ކައުންސިލުން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ކައުންސިލުން އެންމެ ބޮޑަށް އަހައްމިއްޔަތުކަމެއް ދެނީ އަލިފާނުގެ ހާދިސާގައި އަސަރުކުރި ފަރާތްތަކަށް އެހީތެރިވުމަށް ކަމަށް ބުނެފައި ވެއެވެ.

ހޮލްގޭޓް އެ މަގާމާ ހަވާލުވެ ވަޑައިގެންފައި ވަނީ 2014 ވަނަ އަހަރުއެވެ.

އަލިފާނުގެ ހާދިސާއަށް ފަހު ބައެއް އާއިލާތައް އަދިވެސް ތިބީ ހޮޓާތަކުގައި ކަމަށްވާއިރު ދާއިމީ ބޯހިޔާވަހިކަން އެމީހުންނަށް ލިބޭއިރު ގައުމުގެ އެހެން ހިސާބުތަކުން ލިބިދާނެކަމުގެ ކަންބޮޑުވުން އެބަ އޮތެވެ.

 

- ކޮމެންޓް