ކ. މާލެ
|
19 އޮކްޓޯބަރ 2022 | ބުދަ 08:39
ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާ އަދި އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތޮނީ އަލްބަނީސް
ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާ އަދި އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތޮނީ އަލްބަނީސް
ރޮއިޓާރސް
ޖަޕާނާއި އޮސްޓްރޭލިއާގެ ގުޅުން
ޖަޕާނުގެ ބޮޑުވަޒީރު އޮސްޓްރޭލިއާގެ ބޮޑުވަޒީރާއި ބައްދަލުކުރައްވަނީ
 
ދެ ގައުމުގެ ސަލާމަތާއި، އިގްތިސާދާ މެދު މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައި
 
ދަތުރު ކުރިއަށް ދާނީ އޮކްޓޯބަރު މަހުގެ 21 އިން 23ގެ ނިޔަލަށް

ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާ އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތޮނީ އަލްބަނީސް އާއި ބައްދަލުކުރައްވަން ހަމަޖެހިއްޖެއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މި ހިނގާ އޮކްޓޯބަރު މަހުގެ 21 އިން 23ގެ ނިޔަލަށް އޮސްޓްރޭލިއާ އަށް ކުރައްވާ ދަތުރުފުޅެއްގައެވެ. އެ ދަތުރުފުޅުގައި ޖަޕާން ބޮޑުވަޒީރު ޕާރތް އަށް ޒިޔާރަތް ކުރައްވާ އޮސްޓްރޭލިއާގެ ސަރުކާރުގެ ބޭފުޅުންނާއި ބައްދަލުކުރައްވަން ހަމަޖެހިފައިވާ ކަމަށް ކިޝިޑާގެ ސަރުކާރުގެ ޗީފް ކެބިނެޓް ސެކޭޓްރީ ހިރޯކަޒޫ މަޓްސުނޯ ވަނީ ބުދަ ދުވަހު ވިދާޅުވެފައެވެ.

މީޑިއާތަކުގައި އޭނާ އާއި ހަވާލާދީ ބުނެފައި ވަނީ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކުން މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ އެންމެ މުހިންމު އެއް ކަމަކީ ދެ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅުން ހުރި ކަންކަމެވެ. މީގެ އިތުރުން އިގްތިސާދީ ގޮތުން ދެ ގައުމާއި ގުޅުން ހުރި ދާއިރާތަކާއި ގުޅިގެން ކުރެވިދާނެ ކަންކަމާ މެދު މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި އިންޑޯ ޕެސިފިކް އާއި ގުޅުން ހުރި މަޝްވަރާތައް ހިމެނޭ ކަމަށް ވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް