ކ. މާލެ
|
18 އޮކްޓޯބަރ 2022 | އަންގާރަ 05:51
އެންމެ މޮޅު ކުލަބުގެ މަގާމު ހޯދި ސިޓީ
އެންމެ މޮޅު ކުލަބުގެ މަގާމު ހޯދި ސިޓީ
ރޮއިޓާސް
ބެލެންޑޯ އެވޯޑު
އަހަރުގެ އެންމެ މޮޅު ކުލަބަކަށް މެންޗެސްޓަރ ސިޓީ
 
އެންމެ މޮޅު ކުލަބަށް ވާދަކޮށްފައިވަނީ ސްޕެނިޝް ލީގުގެ ރެއާލް މެޑްރިޑާއި، އިނގިރޭސި ޕްރިމިއާ ލީގުގެ ލިވަޕޫލް އަދި މެންޗެސްޓަރ ސިޓީ

ފްރާންސް ފުޓުބޯޅައިން ހޮވާ އަހަރުގެ އެންމެ މޮޅު ކުލަބަކަށް އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓަރ ސިޓީ ހޮވިއްޖެއެވެ.

އަހަރުގެ އެންމެ މޮޅު ކުލަބަށް ވާދަކޮށްފައިވަނީ ސްޕެނިޝް ލީގުގެ ރެއާލް މެޑްރިޑާއި، އިނގިރޭސި ޕްރިމިއާ ލީގުގެ ލިވަޕޫލް އަދި މެންޗެސްޓަރ ސިޓީއެވެ. އެންމެ މޮޅު ކުލަބުގެ މަގާމު ހޯދި ސިޓީން ވަނީ ނިމުނު ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކޮށްފައެވެ. އެއީ އެ ޓީމުން ފާއިތުވި ފަސް އަހަރުގެ ތެރޭގައި ލީގު ކާމިޔާބުކުރި ހަތަރު ވަނަ ފަހަރެވެ. ސިޓީން ވަނީ މިދިޔަ ސީޒަންގެ ޕްރިމިއާ ލީގުގައި 99 ލަނޑު ޖަހާފައެވެ. މީގެ އިތުރުން އެ ޓީމުން ވަނީ މިދިޔަ ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި ވާދަކޮށްފައެވެ.

މީގެ އިތުރުން ސިޓީން ވަނީ އަންހެން ސުޕަ ލީގުގެ ތިން ވަނަ ހޯދާފައެވެ. އަދި ލީގު ކަޕްގެ ޗެމްޕިއަންކަން ހޯދާފައެވެ. މިއަހަރުގެ ބެލެންޑޯ އެވޯޑަށް ސިޓީގެ ފިރިހެން ފަސް ކުޅުންތެރިޔަކު ވަނީ ވާދަކޮށްފައެވެ. އެއީ ކަންސޭލޯ، ޑިބްރޭނާ، ފޮޑެން، މާރޭޒް އަދި ސިލްވާއެވެ. އަދި އަންހެން އެވޯޑަށް އެ ޓީމުގެ ލޫސީ ބްރޯންޒް ވެސް ވަނީ ވާދަކޮށްފައެވެ.

ސިޓޫގެ ފަހަތުން ދެ ވަނަ ކުލަބަކަށް ހޮވުނީ ލިވަޕޫލްއެވެ. ތިން ވަނަ ކުލަބަކަށް ހޮވުނީ ރެއާލް މެޑްރިޑެވެ. މީގެ ތެރެއިން ރެއާލުން ވަނީ ނިމުނު ސީޒަންގެ ސްޕެނިޝް ލީގާއި، ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. އެ ތީމުގެ ވެސް ފަސް ކުޅުންތެރިޔަކު ވަީ ބެލެންޑޯ އެވޯޑަށް ވާދަކޮށްފައެވެ. ދެ ވަނަ ލިބުނު ލިވަޕޫލުން ވަނީ ޕްރިމިއާ ލީގުގެ ދެ ވަނަ ހޯދާފައެވެ. މީގެ އިތުރުން ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި އެ ޓީމުން ވަނީ ކުޅެފައެވެ. ލިވަޕޫލުން ވަނީ އެފްއޭ ކަޕާއި، ލީގު ކަޕް ކާމިޔާބުކޮށްފައެވެ. އެ ތީމުގެ ހަ ކުޅުންތެރިޔަކު ވަނީ ބެލެންޑޯ އަށް ވާދަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
33%
33%
0%
33%
ކޮމެންޓް