ކ. މާލެ
|
17 އޮކްޓޯބަރ 2022 | ހޯމަ 23:04
މަކިޓާގެ ޕްރޮޑަކްޓުތައް ދައްކާލުން
މަކިޓާގެ ޕްރޮޑަކްޓުތައް ދައްކާލުން
އެސްޓީއޯ
މަކިޓާ ނައިޓް
މަކިޓާގެ ޕްރޮޑަކްޓުތައް "މަކިޓާ ނައިޓް" ގައި ދައްކާލައިފި
 
މަކިޓާގެ ޕްރޮޑަކްޓުތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ދީފައިވޭ
 
މި އިވެންޓުގައި މަކިޓާގެ އުފެއްދުންތަކާ ގުޅޭ މައުލޫމާތުތައް ހިއްސާކޮށްފައިވޭ
 
އެކުންފުނީގެ އުފެއްދުންތައް ރާއްޖޭގައި ވިއްކާ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރަކީ އެސްޓީއޯ

މަކިޓާ ބްރޭންޑުގެ އުފެއްދުންތައް ދައްކާލުމަށް "މަކިޓާ ނައިޓް" ބާއްވައިފިއެވެ.

ޖަޕާނުގެ ކުންފުންޏެއް ކަމަށްވާ "މަކިޓާ" އަކީ އެކި ބާވަތުގެ އިލެކްޓްރިކް މޮޓޮރ ސިސްޓަމްތައް ވިއްކާ ކުންފުންޏެކެވެ. މި ކުންފުނީގެ އުފެއްދުންތައް ރާއްޖޭގައި ވިއްކާ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އެވެ.

އެކުންފުނީގެ އުފެއްދުންތައް ދައްކާލުމަށް ހޯމަ ދުވަހުގެރޭ ބޭއްވި މަކިޓާ ނައިޓް އިވެންޓުގައި އެކުންފުނި އުފެދިގެން އައި ގޮތާއި، އެކުންފުނީގެ އުފެއްދުންތަކުގެ ތަފްސީލުތައް ޕްރެޒެންޓޭޝަނއްގެ ޒަރިއްޔާއިން ހިއްސާކޮށްފައިވެއެވެ. އެކުންފުނީގެ އުފެއްދުންތަކަށް މި ފާއިތުވި އަހަރުތަކުގެ ތެރޭގައި އައިސްފައިވާ ބަދަލުތަކާއި، ކަސްޓަމަރުންނަށް ހުރި ފަސޭހަތައް ވަނީ ހިއްސާކޮށްފައެވެ.

މީގެ އިތުރުން މި އިވެންޓުގެ ތެރެއިން މަކިޓާގެ ޕްރޮޑަކްޓުތައް ކަސްޓަމަރުންނަށް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ. އަދި ގިނަ ބަޔަކު ޕްރޮޑަކްޓުތައް ތަޖުރިބާކޮށްލާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް