އިޓާލިއަން ލީގުގައި ވެރޯނާ ބަލިކޮށް ޗެމްޕިއަން އޭސީ މިލާނުން ގަދަ ތިނެއްގައި ހިފަހައްޓައިފިއެވެ.
ވެރޯނޭގެ އަމިއްލަ ދަނޑުގައި މިލާނުން އެ ޓީމު ބަލިކުރީ 2-1 އިންނެވެ. މެޗުގެ ފުރަތަމަ ލަނޑަކީ ނުވަ ވަނަ މިނެޓުގައި ވެރޯނާގެ ޑިފެންޑަރު މެގޭލް ވެލޯސޯ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. މެޗުގެ 19 ވަނަ މިނެޓުގައި ވެރޯނާގެ ކޯރޭ ގުންޓާ ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
ދެ ވަނަ ހާފު ފަށައިގެން ވެސް މިލާނުން ވަނީ ލަނޑު ޖެހުމަށް ހަމަލާތަކެއް އުފައްދާފައެވެ. މެޗުން މިލާން މޮޅުކޮށްދިން ލަނޑު މެޗުގެ ފަހު 10 މިނެޓުގެ ތެރޭގައި ޖެހީ ސަންޑްރޯ ޓޮނާލީއެވެ. އެއީ މިލާންގެ ރެބިޗް ދިން ބޯޅައެއް ގޯލަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.
ލީގުގައި އިންޓަ މިލާނުން ވަނީ އަމިއްލަ ދަނޑުގައި 0-2 އިން ސެލަނިޓާނާ ބަލިކޮށްފައެވެ. މެޗުގައި އިންޓަގެ ފުރަތަމަ ލަނޑު 14 ވަނަ މިނެޓުގައި ޖެހީ ލަޓާރޯ މާޓިނޭޒްއެވެ. އެ ޓީމުގެ ދެ ވަނަ ލަނޑު މެޗުގެ 59 ވަނަ މިނެޓުގައި ޖެހީ ނިކޯލޯ ބަރޭލާއެވެ.
ލީގު ތާވަލްގެ ތިން ވަނަ މަގާމުގައި މިލާން އޮތީ 10 މެޗުން 23 ޕޮއިންޓު ހޯދައިގެންނެވެ. މިލާން އަތުން ބަލިވި ވެރޯނާ އޮތީ ރެލިގޭޝަން ޒޯންގައެވެ. އިންޓަ އޮތީ 10 މެޗުން 18 ޕޮއިންޓާއެކު ހަތް ވަނަ މަގާމުގައެވެ.