ކ. މާލެ
|
17 އޮކްޓޯބަރ 2022 | ހޯމަ 07:25
ދިރާގު
ދިރާގު
ދިރާގު
ދިރާގު
ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް 16ޖީބީ ލިބޭ އާ އޮފާއެއް
ދިރާގުގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް އެންމެ 275 ރުފިޔާއަށް 16ޖީބީ ލިބޭނެ

ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް އިތުރު ޑޭޓާ ލިބޭ އާ އެޑްއޮންއެއް ތައާރަފްކޮށްފިއެވެ.

މި އެޑްއޮން އޮފާގެ ދަށުން ދިރާގުގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް އެންމެ 275 ރުފިޔާއަށް 16ޖީބީ ލިބޭނެއެވެ. މި ޑޭޓާ އެއް މަސް ދުވަހަށް ބޭނުން ކުރެވޭނެއެވެ.

މިއީ ލިމިޓަޑް ޓައިމް އެޑްއޮން އެއް ކަމަށް ދިރާގުން ބުނެއެވެ. މި އެޑްއޮން ދިރާގު އެޕްhttps://bit.ly/Dhiraagu-Appމެދުވެރިކޮށް ނުވަތަ 343 އަށް ކީވޯޑް '16ޖީބީ' ޖަހާފައި އެސްއެމްއެސް ކޮށްގެން ވެސް ނެގޭނެއެވެ.

މި އެޑްއޮން ދިރާގުގެ ހުރިހާ ޕްރީޕެއިޑް ޕްލޭނެއް ގެންގުޅޭ ކަސްޓަމަރުންނަށް ވެސް ނެގޭނެއެވެ. 

ދިރާގުގެ ސްޓޭންޑަޑް ޕްރީޕެއިޑް ޕްލޭންތަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ތަފާތު ގިނަ ޕްލޭންތަކެއްވަނީ ފަރުމާކޮށްފައެވެ.

އެގޮތުން ދިރާގު ކޮމްބޯ ޕްލޭންސް އިން ކަސްޓަމަރުން ބޭނުންވާ ގޮތަށް ޑޭޓާ އާއި ވޮއިސް، އަދި އެސްއެމްއެސް ސެޓުކުރެވޭއިރު ސަޅި ޕްރީޕެއިޑް ޕްލޭންސް އިން ކޮންމެ ދުވަހަކު ރިފްރެޝްކުރެވޭ ޑެއިލީ ޑޭޓާ އެލަވަންސްގެ އަދަދާއި ވެލިޑިޓީ އިޚްތިޔާރު ކުރެވޭނެއެވެ. މި ޕްލޭން ނަގާ ކަސްޓަމަރުންނަށް ދިރާގުގެ ހުރިހާ ނަމްބަރަކަށް ވެސް އަންލިމިޓެޑްކޮށް ހިލޭ ގުޅާލެވޭނެއެވެ.

މީގެ އިތުރުން ދިރާގު މަމެން އަކީ ޒުވާޏުންނަށް ޚާއްސަކޮށްގެ ފަރުމާކޮށްފައިވާ ޕްލޭނެކެވެ. މި ޕްލޭންއަކީ ޑޭޓާ، ވޮއިސް، އަދި އެސްއެމްއެސް އެލަވަންސް ބޭނުންގޮތަކަށް ފަރުމާކޮށްލެވޭ ޕްލޭނެކެވެ. އަދި މަމެން ކަސްޓަމަރުންނަށް އެހެން މަމެން ޔޫޒަރުންނަށް ކްރެޑިޓް ޓްރާންސްފާ ވެސް ކުރެވޭނެއެވެ.

ދިރާގުން ބުނި ގޮތުގައި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އާ އޮފާތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދީ އިތުރު މަންފާ ލިބޭނޭގޮތް މަގުފަހިކޮށްދިނުމަށެވެ.  

- ކޮމެންޓް