ކ. މާލެ
|
16 އޮކްޓޯބަރ 2022 | އާދީއްތަ 13:21
ހެއްޔާ މަކިޓާ މުބާރާތް 2022
ހެއްޔާ މަކިޓާ މުބާރާތް 2022
އެސްޓީއޯ
ހެއްޔާ މަކިޓާ މުބާރާތް
ހެއްޔާ މަކިޓާ މުބާރާތް 2022 ފަށައިފި
މުބާރާތަށް ފައިސާގެ އިނާމުތައް ހުށަހަޅާފައިވޭ
މުބާރާތުގެ ވަނަ ހޮވަން ހަމަޖެހިފައިވަނީ ޖަޖުންގެ %70، އާއްމުންގެ %20 (ފޭސްބުކް ލައިކްއަށް ބެލުމަށްފަހު) އަދި ހުށަހަޅާ ވީޑިއޯ %10

ހެއްޔާ މަކިޓާ މުބާރާތް 2022 ފަށައިފިއެވެ.

މި މުބާރަތަކީ މަކިޓާ ޕަވަޓޫލްސް ބޭނުން ކޮށްގެން ދިވެހިންގެ ފަންނުވެރިކަން ދައްކާލުމަށް ފުރުސަތު ލިބިގެން ދާނެ މުބާރާތެކެވެ. މި މުބާރާތުގެ ނަމަކީ "ހެއްޔާ މަކިޓާ މުބާރާތް 2022" އެވެ. މި މުބާރާތަކީ ހެއްޔާ މަކިޓާ ޕުރޮމޯޝަން އާއި ގުޅުވައިގެން އެއް މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މުބާރާތެކެވެ. މި މުބާރާތް ހުޅުވައިލެވިފައިވަނީ މުޅި ރާއްޖެއަށެވެ. މި މުބާރާތުގައި ބައިވެރި ކުރާ ތަކެތީގެ ވީޑިއޯއެއް ކޮންމެ މަސައްކަތްތެރިޔަކު ވެސް ހުށަހަޅަން ޖެހެއެވެ.

އެސްޓީއޯ އިން ބުނީ ވަޑާމުގެ މަސައްކަތަކީ ދިވެހިން އިހުޒަމާނުއްސުރެ ކުރަމުންދާ މަސައްކަތަކަށް ވެފައި މި މުބާރާތުން ވާދަވެރި މާހައުލެއްގައި މަސައްކަތްތަށް އެއް ފުރާޅެއްގެ ދަށުން ދައްކާލުމުގެ ފުރުސަތު މަސައްކަތްތެރިންނަށް ލިބިގެން ދާނެ ކަމަށެވެ. އެސްޓީއޯގެ މަގުސަދަކީ މިދާއިރާއިން ވީހާވެސް ގިނަ ފަންނުވެރިން މުޖުތަމުއުއަށް ނެރެދިނުން ކަމަށާއި ހަމައެހެންމެ، އެފުރުސަތު މަސައްކަތްތެރިންނަށް ހޯދައިދިނުމެވެ.

މި މުބާރާތުގައި ބައިވެރިވެވޭނީ ހަމައެކަނި ދިވެހިންނަށެވެ. އަދި މުބާރާތުގައި ބައިވެރިކުރާ ތަކެތި ފަރުމާކުރަން ޖެހޭނީ މަކިޓާ ޕަވަޓޫލްސް ބޭނުން ކޮށްގެންނެވެ. މުބާރާތުގައި މަކިޓާ ޓޫލްސް ބޭނުންކުރަން ވާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ. އަދި މުބާރާތުގައި ބައިވެރި ކުރާ އައިޓަމް ފަރުމާކުރަން ވާނީ އެންމެ ކުޑަވެގެން 2 ފޫޓު 4 ފޫޓު އަދި އެންމެ ބޮޑުވެގެން 4 ފޫޓް 5 ފޫޓަށެވެ. ބައިވެރި ކުރާ ތަކެއްޗަކީ ބުދު ފަދަ އިސްލާމްދީނާއި ދިވެހި ސަގާފަތުގެ ހުރުމަތް ކެނޑޭފަދަ ތަކެއްޗައް ވެގެން ނުވާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

މީގެ އިތުރުން މުބާރާތުގައި ފަރުމާކުރާ ކޮންމެ އައިޓަމެއް ތައްޔާރު ކުރާ 1 މިނެޓުގެ ވީޑިއޯއެއް ހުށަހަޅަންވާނެ ކަމަށާއި، މި ވީޑިއޯގައި މަކީޓާ ޕަވާޓޫލްސް ބޭނުންކުރާ ތަން ފެނިގެންދާން ޖެހޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ. އަދި މި މުބާރާތުގެ ބައިވެރިން ހުށަހަޅާ ވީޑިއޯ 1080 ޕީ ކޮލިޓީގެ (އެޗްޑީ) އަށް ވުރެ ދައްވެގެންނުވާނެ ކަމަށާއި، މި މުބާރާތުގައި ބައިވެރިވުމަށް އެދި ހުށައަޅާ ފޯމް 23 އޮކްޓޫބަރ 2022 ވާ އާދިއްތަ ދުވަހުގެ ރޭގަނަޑު 10:00ގެ ކުރިން ހުށަހަޅަންޖެހެނޭ ކަމަށް އެސްޓީއޯއިން ބުނެއެވެ.

ރަޖިސްޓްރޭޝަން ފޯމް އެސްޓީއޯ މަކިޓާ ޝޯރޫމް އިން ލިބޭނެކަމަށާއި އެސްޓީއޯ ވެބްސައިޓު sto.mv އިން ވެސް ޑައުންލޯޑްކުރެވޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ. އަދި ރަޖިސްޓްރޭޝަން ފޯމް ވައިބާ ނަންބަރު 7980240 އަދި އީމެއިލް [email protected] ގެ އިތުރުން އެސްޓީއޯ މަކީޓާ ޝޯރޫމް ކައުންޓަރަށް ހުށަހެޅޭނެ ކަމަށް ވެސް އެސްޓީއޯއިން ބުނެއެވެ.

މި މުބާރާތުގެ ބައިވެރިންނަށް ތަކެތި ފަރުމާ ކުރުމަށާއި ހުށައެޅުމަށް އެއް މަސްދުވަހުގެ (25 އޮކްޓޫބަރު 2022 އިން 25 ނޮވެމްބަރު 2022 އަށް) މުއްދަތެއް ވަނީ ދީފައެވެ. އަދި އައިޓަމް އަދި ވީޑިއޯ އެސްޓީއޯ އަށް ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީހަކީ 25 ނޮވެމްބަރު 2022 ވާ އަންގާރަ ދުވަހު ހަވީރު 4 ޖަހެމުގެ ކުރިންނެވެ. ތައްޔާރު ކުރެވިފައިވާ ތަކެތީގެ ވީޑިއޯ އެސްޓީއޯގެ ފޭސްބުކް ޕޭޖަށް އަޕްލޯޑް ކުރާނީ އެސްޓީއޯއިން ކަމަށާއި ކޮންމެ ބައިވެރިއަކަށް ވެސް ބައިވެރިކުރެވެނީ އެންމެ އައިޓަމެއް ކަމަށް އެސްޓީއޯއިން ބުނެއެވެ. މުބާރާތުގެ ވަނަ ހޮވަން ހަމަޖެހިފައިވަނީ ޖަޖުންގެ %70، އާއްމުންގެ %20 (ފޭސްބުކް ލައިކްއަށް ބެލުމަށްފަހު) އަދި ހުށަހަޅާ ވީޑިއޯ %10 އެވެ.

މަކިޓާ ބްރޭންޑް އިސްތިހާރު ކުރުމަށް، މުބާރާތުގައި ބޭނުން ކުރާ ވީޑިއޯތައް އެސްޓީއޯ އިން ބޭނުންކުރެވޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ. މުބާރާތުގައި ފަރުމާކުރެވިފައިވާ އައިޓަމަކީ އެމީހެއްގެ އަމިއްލަ މަސައްކަތުން ފަރުމާކޮށްފައިވާ އައިޓަމަކަށް ވާންޖެހޭނެ ކަމަށާއި އެހެން ފަރާތެއްގެ މަސައްކަތެއް މުބާރާތުގައި ބައިވެރި ކޮށްފައިވާކަން އެސްޓީއޯއަށް ސާބިތުވެއްޖެ ހިނދެއްގައި އެ އައިޓަމެއް މުބާރާތުން ވަކިކުރެވޭނެ ކަމަށް ވެސް އެސްޓީއޯއިން ބުނެއެވެ. އަދި އޭގެ ޒިންމާ ނަގަންޖެހޭނީ އެހުށައެޅި ފަރާތުން ކަމަށާއި މި މުބާރާތުގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންގެ އެއްވެސް މުވައްޒަފަކަށް މިމުބާރާތުގައި ބައިވެރި ނުވެވޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

މި މުބާރާތުގެ އިނާމުތަކުގެ ތެރޭގައި ހިމެނެނީ

އެއްވަނަ އިނާމް: 50،000ރ ގެ އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗަރ

ދެވަނަ އިނާމް: 30،000ރ ގެ އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗަރ

ތިންވަނަ އިނާމް: 15،000ރ ގެ އަގުހުރި އެސްޓީއޯ ޕީޕަލްސް ޗޮއިސް ހޯމް އެންޑް ކިޗަން ޕްރޮޑަކްޓްސް ވައުޗަރ 

- ކޮމެންޓް