ކ. މާލެ
|
13 އޮކްޓޯބަރ 2022 | ބުރާސްފަތި 23:22
ހޯރަފުއްޓަށް މީގެކުރިން އުދައަރާފައި
ހޯރަފުއްޓަށް މީގެކުރިން އުދައަރާފައި
ޝިފާއު ވާހިދު / ހޯރަފުށި
ރާއްޖޭގެ މޫސުން
ކަނޑުތައް ގަދަވެ އުދައަރާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ވައިޓް އެލާޓް
ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ
ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ

ކަނޑުތައް ގަދަވެ އުދައަރާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ބުރާސްފަތި ދުވަހުގެ ރޭ 23:30ން ފަތިހު 5:30އާ ހަމައަށް މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރޭކަމަށެވެ. މިވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް މެޓް އޮފީހުން ބުނެއެވެ.

އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށް މެޓް އޮފީހުން ބުނެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ރާޅުގެ އުސްމިން ހުންނާނެކަމަށް ބެލެވެނީ 4 ފޫޓާއި 7 ފޫޓާ ދެމެދުގައި ކަމަށް މެޓް އޮފީހުން ބުނެއެވެ.

އުދައިގެ އަސަރު ބުދަ ދުވަހުގެ ރޭވެސް ރާއްޖޭގެ ބައެއް ރަށްތަކަށް ވަނީ ކޮށްފައެވެ.

- ކޮމެންޓް