ކ. މާލެ
|
13 އޮކްޓޯބަރ 2022 | ބުރާސްފަތި 18:07
މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޗެސް ޓީމު
މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޗެސް ޓީމު
ޗެސް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ޝޭޚް ރަސޭލް ގްރޭންޑް މާސްޓަރ ޗެސް ޓޯނަމަންޓް
ޝޭޚް ރަސޭލް ގްރޭންޑް މާސްޓަރ ޗެސް ޓޯނަމެންޓްގައި ބައިވެރިވުމަށް ރާއްޖޭގެ ޓީމު ޑާކާއަށް
ރާއްޖޭގެ ޓީމަށް އެއް ހަފުތާގެ ގްރޭންޑް-މާސްޓަރސް ޓްރޭނިންގގެ ފުރުސަތު ހޯދައިދީފައިވޭ
މުބާރާތުގައި 6 ގައުމަކުން ވާދަކުރާނެ

ބަންގްލަދޭޝްގެ ޑާކާގައި ކުރިއަށް ގެންދާ ޝޭޚް ރަސޭލް ގްރޭންޑް މާސްޓަރ ޗެސް ޓޯނަމެންޓްގައި ބައިވެރިވުމަށް ރާއްޖޭގެ ޓީމު ޑާކާއަށް ފުރައިފިއެވެ.

ރާއްޖޭގެ ޓީމު ޑާކާއަށް ފުރީ ބުދަ ދުވަހުއެވެ. މުބާރާތުގައި ރާއްޖޭގެ ޓީމު ފުރަތަމަ ވާދަކުރާނީ ބުރާސްފަތި ދުވަހުއެވެ. މި މުބާރާތަށް ރާއްޖެއިން ނެގި ޓީމުގައި ހިމެނެނީ ފަސް ކުޅުންތެރިންނެވެ. އެއީ މޯލްޑިވްސް ޗެސް އެސޯސިއޭޝަނުން ކުރިއަށްގެންދިޔަ ނެޝަނަލް ކްލަބް ޗެސް ޗެމްޕިއަންޝިޕްގެ އެއްވަނަ ކްލަބް، ސްޓޯން ވޯލްގެ އަބްދުﷲ މުފީދް, މުހައްމަދު އަމާން އިބްރާހީމް, އަބްދުއްރަހްމާން އަލީ، އަދި ގައުމީ ޓީމުގެ މުހައްމަދު ޝުއާއުއާއި މުހައްމަދު ހަސަންއެވެ. މުހައްމަދު ހަސަން ވަނީ ނިމިގެންދިޔަ ނެޝަނަލް ކްލަބް ޗެސް ޗެމްޕިއަންޝިޕްގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.

3 ގްރޭންޑް މާސްޓަރުން ވާދަކުރާ މި މުބާރާތުގައި ރާއްޖޭގެ އިތުރުން ބައިވެރިވަނީ ޕާކިސްތާން, ސްރީލަންކާ, ބޫޓާން, ނޭޕާލް އަދި ބަންގްލަދޭޝްއެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ އިތުރުން، ރާއްޖޭގެ ޓީމަށް އެއް ހަފުތާގެ ގްރޭންޑް-މާސްޓަރސް ޓްރޭނިންގގެ ފުރުސަތުވެސް، މޯލްޑިވްސް ޗެސް އެސޯސިއޭޝަނުން ވަނީ ހޯދައިދީފައެވެ. ގްރޭންޑް-މާސްޓަރ ޓްރޭނިންގއަކީ ޗެސްގެ އެންމެ މަތީ ފަންތީގެ ޓްރޭނަރުން ކައިރިން ހޯދާ ތަމްރީނުތަކަށް ދެވިފައިވާނަމެވެ.

- ކޮމެންޓް
13 އޮކްޓޯބަރ 2022 | ބުރާސްފަތި 21:28
ރަނގަޅެއްނު
އޭޝިއަން ޔޫތު ޗެސް ޗެމްޕިއަންޝިޕް އަށް ދިޔަ ކުދިންނަށް އެއްވެސް ކަހަލަ ޓްރެއިނިންއެއް ނުދެވުނުތާ މިކަހަލަ އަގުހެޔޮ ބާ ޓީޝާޓުގަނޑެއްވެސް ނުދެވުނު، އެކަމަކު މި މީހުންނަށްވީމަ ގްރޭންޑްމާސްޓަރސް ޓްރެއިނިންގ ވެސް ހޯދަދެވިއްޖެ.