ކ. މާލެ
|
13 އޮކްޓޯބަރ 2022 | ބުރާސްފަތި 11:13
ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް
ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް
ރޮއިޓާސް
ޔުއެފާ ޗެމްޕިއަންސް ލީގު
ސަޕޯޓަރުން އުފާކޮށްދެވުމުން ކްލޮޕް ހިތްހަމަޖެހިފައި
 
މެޗަށްފަހު ވާހަކަ ދައްކަމުން ކްލޮޕް ބުނީ، ކެތްތެރިކަމާއެކު ތިބީތީ، މިއީ ސަޕޯޓަރުންނަށް ޙައްޤު މޮޅެއް ކަމަށް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭންޖާސްއާ ދެކޮޅަށް ހޯދި މޮޅާއެކު ސަޕޯޓަރުން އުފާކޮށްދެވުނީތީ ހިތްހަމަޖެހޭކަމަށް އެ ޓީމުގެ ކޯޗު ޔާގަން ކްލޮޕް ބުނެފިއެވެ.

ޗެމްޕިއަންސް ލީގުގައި ރޭންޖާސްގެ މައްޗަށް 1-7 އިން ކުރި ހޯދައި ލިވަޕޫލުން ވަނީ ދެ ވަނަ ބުރާ ޕޮއިންޓަކާ ގާތަށް ޖެހިލައިފައެވެ. މި ސީޒަންގައި ލިވަޕޫލްގެ ފަރާތުން އެދެވޭ ކުޅުމެއް ނުފެންނާތީ ސަޕޯޓަރުން ވެސް ތިބެނީ މާޔޫސްކަމެއްގައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ކްލޮޕް ބުނީ، ކެތްތެރިކަމާއެކު ތިބީތީ، މިއީ ސަޕޯޓަރުންނަށް ޙައްޤު މޮޅެއް ކަމަށެވެ. އޭނާ ބުނީ ލިވަޕޫލް ކުރިއަށް ގެންދިޔުމުގައި އެންމެން އެކުގައި ތިބި ކަމަށެވެ. ކްލޮޕް ބުނީ ލިވަޕޫލްގެ ސަޕޯޓަރުން ޓީމާމެދު އުންމީދުކޮށް، ޓީމަށް އިތުބާރު ކުރާ ކަމަށެވެ. ހަމައެއާއެކު އޭނާ ވެސް ލިވަޕޫލްގެ ކުޅުންތެރިންނަށް އިތުބާރު ކުރާ ކަމަށް ކްލޮޕް ބުންޏެވެ. ކްލޮޕް ބުނީ މެޗުން މޮޅުވެ، ސަޕޯޓަރުން އުފަލުން ގެޔަށް ދިޔުމަކީ އޭނާ އަށް ލިބޭ ހިތްހަމަ ޖެހުމެއް ކަމަށެވެ.

މީގެ އިތުރުން ކްލޮޕް ބުނީ މުޅި މެޗުގައި ވެސް ލިވަޕޫލްގެ ކުޅުންތެރިން ދެއްކީ މޮޅު ކުޅުމެއް ކަމަށެވެ. މެޗުގައި ލިބޭ ފުރުސަތުތަކުގެ ބޭނުން ރަނގަޅަށް ހިފައި، އެފުރުސަތުތައް ނިންމުމުން ނަތީޖާ ނެރެވުން ކަމަށް ވެސް އޭނާ ބުންޏެވެ. ކްލޮޕް ބުނީ ރަނގަޅު ކުރަން ހުރި ކަންކަމާއެކު ލިވަޕޫލުން ދާނީ ކުރިއަށް ކަމަށެވެ.

ލިވަޕޫލަށް ދެން އޮންނާނީ ޕްރިމިއާ ލީގުގައި މެންޗެސްޓަރ ސިޓީއާ ދެކޮޅަށް މި މަހުގެ 16 ގައި ކުޅޭ މެޗެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް