ކ. މާލެ
|
13 އޮކްޓޯބަރ 2022 | ބުރާސްފަތި 07:30
ބަޔާނުން ކުޅުނު މެޗުގެ ތެރެއިން
ބަޔާނުން ކުޅުނު މެޗުގެ ތެރެއިން
ރޮއިޓާސް
ޔުއެފާ ޗެމްޕިއަންސް ލީގު
ބާކީ ދެ މެޗު އޮއްވާ ބަޔާން ދެ ވަނަ ބުރަށް
 
ވިކްޓޯރިއާ ޕްލެންޒްގެ ދަނޑުގައި ކުޅުނު ދެ ވަނަ ލެގު ބަޔާނުން ކާމިޔާބުކުރީ 4-2 އިން

ޔުއެފާ ޗެމްޕިއަންސް ލީގު ގްރޫޕް ސީގައި ވިކްޓޯރިއާ ޕްލެންޒް ބަލިކޮށް ބަޔާން މިއުނިކުން ދެ ވަނަ ބުރުން ޖާގަ ހޯދައިފިއެވެ،

ދެ ވަނަ ބުރުން ބަޔާން ޖާގަ ހޯދީ ގްރޫޕް ސްޓޭޖުގައި ބާކީ ދެ މެޗު އޮއްވައެވެ. ވިކްޓޯރިއާ ޕްލެންޒްގެ ދަނޑުގައި ކުޅުނު ދެ ވަނަ ލެގު ބަޔާނުން ކާމިޔާބުކުރީ 4-2 އިންނެވެ.

ބަޔާންގެ ހަތަރު ލަނޑު ވެސް އެ ޓީމުން ޖެހީ މެޗުގެ ފުރަތަަމަ ހާފުގައެވެ. އެގޮތުން މެޗުގައި ބަޔާނަށް ލީޑު ނަގައިދިނީ 10 ވަނަ މިނެޓުގައި ސަޑިއޯ މާނޭއެވެ. އޭގެ ހަތަރު މިނެޓު ފަހުން ތޯމަސް މުލާ ވަނީ ބަޔާންގެ ދެ ވަނަ ލަނޑު ޖަހާފައެވެ. ބަޔާންގެ ފަހު ދެ ލަނޑު ޖެހީ ގޮރެޓްޒްކާއެވެ. އެއީ 25 ވަނަ މިނެޓާއި 35 ވަނަ މިނެޓުގައި އޭނާ ޖެހި ލަނޑުތަކެވެ.

ދެ ވަނަ ހާފު ފަށައިގެން ވިކްޓޯރިއާ ޕްލެންޒުން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. މެޗުގެ 62 ވަނަ މިނެޓުގައި ވިކްނޮވާ ވަނީ ޕްލެންޒަށް ލަނޑެއް ޖަހައިދީފައެވެ. ޕްލެންޒްގެ ދެ ވަނަ ލަނޑު ޖެހީ 75 ވަނަ މިނެޓުގައި ކްލިމެންޓްއެވެ.

މެޗުން މޮޅުވެ ބަޔާން ދެ ވަނަ ބުރުން ޖާގަ ހޯދީ ހަތަރު މެޗުން 12 ޕޮއިންޓާއެކުއެވެ. ބަޔާން އޮތީ ގްރޫޕްގެ އެއް ވަނަ މަގާމުގައެވެ. ދެ ވަނައިގައި އޮތް އިންޓަށް ހަތަރު މެޗުން ހަތް ޕޮއިންޓު ލިބޭއިރު، ތިން ވަނައިގައި އޮތް ބާސެލޯނާ އަށް ލިބެނީ ހަތަރު ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
50%
0%
0%
50%
0%
ކޮމެންޓް