Advertisement
ކ. މާލެ
|
12 އޮކްޓޯބަރ 2022 | ބުދަ 23:50
މާލެ އަށް ބޯކޮށް ވާރޭވެހެނީ
މާލެ އަށް ބޯކޮށް ވާރޭވެހެނީ
ރާއްޖެ އެމްވީ
ރާއްޖޭގެ މޫސުން
ކުރިޔަށް އޮތް 4 ދުވަހު އުތުރާއި މެދު ރާއްޖެތެރެއަށް މޫސުން ގޯސް
ކުރިޔަށް އޮތް ހަތަރު ދުވަހު އުތުރާއި މެދު ރާއްޖެތެރޭގެ ވައިބާރުވެ ކަނޑުތައްވެސް ގަދަވާނެ
ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވޭ

ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ ކުރިޔަށް އޮތް 4 ދުވަހު ޚާއްސަކޮށް އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ވަރަށް ގޯސްވާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ ކުރިޔަށް އޮތް ހަތަރު ދުވަހު އުތުރާއި މެދު ރާއްޖެތެރޭގެ ވައިބާރުވެ ކަނޑުތައްވެސް ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ. މީގެއިތުރުން ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މެޓް އޮފީހުން ބުނެއެވެ.

މޫސުން އެންމެ ގޯސްވާއިރު މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެެމދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓް އޮފީހުން ބުނެއެވެ.

Advertisement

ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށް މެޓް އޮފީހުން ބުނެއެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެކަމަށެވެ. އެހެންކަމުން ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް