ކ. މާލެ
|
12 އޮކްޓޯބަރ 2022 | ބުދަ 07:04
ޕީއެސްޖީ އަދި ބެންފީކާ ކުޅުނު މެޗުގެ ތެރެއިން
ޕީއެސްޖީ އަދި ބެންފީކާ ކުޅުނު މެޗުގެ ތެރެއިން
ޓްވިޓަރ
ޔުއެފާ ޗެމްޕިއަންސް ލީގު
ދެ ވަނަ ލެގުގައި ވެސް ބެންފީކާ އިން ޕީއެސްޖީ ހިފަހައްޓައިފި، އެމްބާޕޭ އަށް ރެކޯޑެއް
 
އެމްބާޕޭ ވެގެން ގޮސްފައިވަނީ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއަށް

ޔުއެފާ ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގެ ދެ ވަނަ ލެގުގައި ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާއި ބެންފީކާ ބައްދަލު ކުރި މެޗު އެއްވަރުވެއްޖެއެވެ.

ޕީއެސްޖީގެ އަމިއްލަ ދަނޑުގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު އެއްވަރުވީ 1-1 އިންނެވެ. ފުރަތަމަ ލެގުގައި ބެންފީކާގެ ދަނޑުގައި ވެސް އެއްވަރުވީ 1-1 އިންނެވެ. ދެ މެޗު ވެސް އެއްވަރުވެފައިވަނީ ޕީއެސްޖީން ލީޑު ނަގާފައިވަނިކޮށް، ބެންފީކާ އިން ފަހަތުން އަރައި ލަނޑު ޖަހައިގެންނެވެ.

ޕީއެސްޖީގެ ދަނޑުގައި އެ ޓީމުން ބެންފީކާއާ ދެކޮޅަށް ލިއޮނެލް މެސީ ނުކުޅުވައެވެ. އެ ޓީމުގެ ފޯވާޑް ލައިންގައި މެސީގެ ބަދަލު ކީލިއަމް އެމްބާޕޭ އަދި ނޭމާ ޖޫނިއާއާއެކު ހިމަނާފައިވަނީ ޕަބްލޯ ސަރަބިއާއެވެ. ޕީއެސްޖީން ލީޑު ނެގީ 40 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. ޕެނަލްޓީ ކާމިޔާބުކޮށްދިނީ އެމްބާޕޭއެވެ. މި ޕެނަލްޓީއެކު އެމްބާޕޭ ވެގެން ގޮސްފައިވަނީ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއަށެވެ. އެއީ 31 ލަނޑުންނެވެ.

ދެ ވަނަ ހާފު ފަށައިގެން 62 ވަނަ މިނެޓުގައި ބެންފީކާ އިން ނަތީޖާ ހަމަހަމަ ކުރީ ވެސް ޕެނަލްޓީއަކުންނެވެ. އެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ ޖޯ މާރިއޯއެވެ. މެޗު އެއްވަރުވުމުން ޕީއެސްޖީގާއި ބެންފީކާ އަށް ވެސް ލިބެނީ ހަތަރު މެޗުން އަށް ޕޮއިންޓެވެ. ނަމަވެސް ފައިދާ ގޯލުން ކުރި ހޯދައި އެއް ވަނައިގައި އޮތީ ޕީއެސްޖީއެވެ. ތިން ވަނައިގައި އޮތް ޔުވެންޓަސްއާ މެކަނީ ހައިފާ އަށް ލިބެނީ ތިން ޕޮއިންޓެވެ.

މި ގްރޫޕުގައި ބާކީ އޮތް ދެ މެޗު ކާމިޔާބުކޮށްގެން އަނެއް ބުރަށް ދިޔުމުގެ ފުރުސަތު ޕީއެސްޖީ އާއި ބެންފީކާ އަށް އެބަ އޮތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
50%
0%
50%
0%
0%
0%
ކޮމެންޓް