ކ. މާލެ
|
12 އޮކްޓޯބަރ 2022 | ބުދަ 07:09
މެޗުގެ އިތުރު ވަގުތުގައި ރުޑިގާ ގޯލު ޖަހަނީ
މެޗުގެ އިތުރު ވަގުތުގައި ރުޑިގާ ގޯލު ޖަހަނީ
ރޮއިޓާސް
ޔުއެފާ ޗެމްޕިއަންސް ލީގު
އިތުރު ވަގުތުގައި އެންޓޯނިއޯ ރުޑިގާ ޖެހި ލަނޑުން ރެއާލް މެޑްރިޑް ޗެމްޕިއަންސް ލީގު ދެވަނަ ބުރަށް!
 
ރެއާލްއަށް ދެވަނަ ބުރު ވަނީ ޔަޤީންވެފައި

މެޗުގެ އިތުރު ވަގުތުގައި އެންޓޯނިއޯ ރުޑިގާ ޖެހި ލަނޑުން, ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަަ ބުރުން ޗެމްޕިއަން ރެއާލް މެޑްރިޑް ޖާގަ ޔަޤީންކޮށްފިއެވެ.

ޝަހުތަރު ޑޮނެސްކް އަތުން 1-0 ން ބަލިވާން ދަނިކޮށް, ޑިފެންޑަރު ރުޑިގާ އިތުރު ވަގުތުގައި ފުންމައިގެން އަރާ ބޮލުން ޖެހި ލަނޑުން ނަތީޖާ ހަމަހަމަވެ, ރެއާލްއަށް ވަނީ ގަދަ ސޯޅަ ޓީމްގެ ތެރެއިން ޖާގައެއް ޔަޤީންވެފައެވެ. ލަނޑުޖަހަން ފުންމައިގެން އެރިވަގުތު ކީޕަރާ ޖެހި ރުޑިގާ ދަނޑުން ފޭބީ ގިނަ އަދަދެއްގެ ލެޔާއެކުއެވެ. ރުޑިގާ ގޯލް ޖެހީ ޓޯނީ ކްރޫޒް ނެގި ހުރަސް ބޮލުން ގޯލަށް ފޮނުވާލައިގެންނެވެ. ޔުކްރެއިންގެ ޝަހުތަރު ޑޮނެސްކްގެ ދަނޑުގައި ކުޅުނު މެޗުގައި އެޓީމުން ކުރި ހޯދީ ދެވަނަ ހާފް ފަށައިގެން ދެވަނަ މިނެޓުގައި ޒުބްކޯވް ޖެހި ލަނޑުންނެވެ.

މިނަތީޖާއާއެކު ރެއާލް މެޑްރިޑަށް ދެވަނަބުރު ޔަޤީންވީ 4 މެޗުން 10 ޕޮއިންޓާއެކުއެވެ. ދެވަނާގައި އޮތީ 4 މެޗުން 6 ޕޮއިންޓާއެކު ޖަރުމަނުގެ އާރުބީ ލައިޕްޒިގްއެވެ. އެޓީމުން ވަނީ 2-0 ން ސެލްޓިކް ބަލިކޮށްފައެވެ. އާދިއްތަ ދުވަހު އެލް ކްލެސިކޯ މެޗަށް ރެއާލް މެޑްރިޑް ދާނީ ސީޒަންގައި ބަލިނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް