ކ. މާލެ
|
10 އޮކްޓޯބަރ 2022 | ހޯމަ 07:32
ރޯމާ އިން ކުޅުނު މެޗުގެ ތެރެއިން
ރޯމާ އިން ކުޅުނު މެޗުގެ ތެރެއިން
ޓްވިޓަރ
އިޓާލިއަން ލީގު
ލީސް ބަލިކޮށް ރޯމާ ފަސް ވަނަ އަށް
ރޯމާގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 1-2 އިން

އިޓާލިއަން ލީގުގައި ލީސް ބަލިކޮށް ރޯމާ އިން ލީގު ތާވަލްގެ ފަސް ވަނަ އަށް ޖެހިލައިފިއެވެ.

ރޯމާގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 1-2 އިންނެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ރޯމާ އިންނެވެ. އެއީ މެޗު ފަށައިގެން ހަ ވަނަ މިނެޓުގައި ކްރިސް ސްމޯލިން ޖެހި ލަނޑުންނެވެ. މެޗުގެ ކުރީ ކޮޅު ލީސްގެ މޯޓެން ހުމްލަންޑަށް ވަނީ ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ. މެޗުގެ ބާކީ ބައި 10 ކުޅުންތެރިންނާއެކު ކުޅެން ޖެހުނު ނަމަވެސް، 39 ވަނަ މިނެޓުގައި ލީސް އިން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ގެބްރިއެލް ސްޓްރެފެޒާއެވެ.

ދެ ވަނަ ހާފު ފަށައިގެން ކުރީ ކޮޅު ރޯމާ އަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ޕެނަލްޓީގައި ލަނޑު ޖަހައި ރޯމާ މެޗުން މޮޅުކޮށްދިނީ އާޖެންޓީނާގެ ޕައުލޯ ޑިބާލާއެވެ. ނަމަވެސް އޭގެ ފަހުން ލިބުނު އަނިޔާއެއްގެ ސަބަބުން ޑިބާލާ ވަނީ 50 ވަނަ މިނެޓުގައި ބަދަލުކޮށްފައެވެ. އޭނާގެ ބަދަލު ކުޅެން ނުކުތީ ނެމަންޖާ މަޓިކްއެވެ.

މެޗުން މޮޅުވެ ރޯމާ ފަސް ވަނައިގައި އޮތީ ނުވަ މެޗުން 19 ޕޮއިންޓު ހޯދައިގެންނެވެ. ނުވަ މެޗުން 23 ޕޮއިންޓު ހޯދައިގެން އެއް ވަނައިގައި އޮތީ ނަޕޯލީއެވެ. ދެ ވަނައިގައި އޮތް އެޓަލަންޓާ އަށް 21 ޕޮއިންޓު ލިބޭ އިރު، ތިން ވަނައިގައި 20 ޕޮއިންޓާއެކު އޮތީ އުދިނޭސީއެވެ. އޭސީ މިލާން އޮތީ 20 ޕޮއިންޓާއެކު ހަތަރު ވަނައިގައެވެ.

- ކޮމެންޓް