ކ. މާލެ
|
10 އޮކްޓޯބަރ 2022 | ހޯމަ 07:28
ބާސެލޯނާ އިން ކުޅުނު މެޗުގެ ތެރެއިން
ބާސެލޯނާ އިން ކުޅުނު މެޗުގެ ތެރެއިން
ޓްވިޓަރ
ސްޕެނިޝް ލީގު
ސެލްޓަ ވިގޯ ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
ބާސެލޯނާގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 0-1 އިން

ސްޕެނިޝް ލީގުގައި ސެލްޓަ ވިގޯ ބަލިކޮށް ބާސެލޯނާ އިން އެއް ވަނަ އަށް ޖެހިލައިފިއެވެ.

އާދިއްތަ ދުވަހުގެ ރޭ ބާސެލޯނާގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 0-1 އިންނެވެ. މެޗުގައި ބާސެލޯނާގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ 17 ވަނަ މިނެޓުގައި ސްޕެއިންގެ ޒުވާން މިޑްފީލްޑަރު ޕެޑްރީއެވެ. އެއީ ބާސެލޯނާގެ ފެރާން ޓޮރޭސް ހުރަސް ކުރި ބޯޅައެއް، ސެލްޓަގެ ޑިފެންޑަރު އުނެއި ނޫނޭޒް ސާފުކޮށްލަން އުޅުމުގެ ތެރޭގައި ލިބުނީ ބޯޅަ ގޯލަށް ފޮނުވާލައިގެން ޕެޑްރީ ކާމިޔާބުކުރި ލަނޑެކެވެ.

މެޗުން މޮޅުވެ ބާސެލޯނާ އެއް ވަނައިގައި އޮތީ އަށް މެޗުން 22 ޕޮއިންޓު ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ޗެމްޕިއަން ރެއާލް މެޑްރިޑަށް ވެސް ލިބެނީ 22 ޕޮއިންޓެވެ. ނަމަވެސް ބާސެލޯނާ ކުރި ހޯދަނީ ފައިދާ ގޯލުންނެވެ. ތިން ވަނައިގައި އޮތީ އަށް މެޗުން 17 ޕޮއިންޓު ހޯދައިގެން އެތުލެޓިކޯ ބިލްބާއޯއެވެ. ހަތަރު ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ލިބެނީ 16 ޕޮއިންޓެވެ.

- ކޮމެންޓް