ފްރާންސްގެ ޖަސްޓިސް މިނިސްޓަރ ފްޣަންސުވާ ބައިޣޫ އެ މަގާމުން އިސްތިއުފާ ދެއްވައިފިކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެފިއެވެ.
މޯޑެމް ޕާޓީގެ ލީޑަރު ފްޣަންސުވާ ބައިޣޫ އިސްތިއުފާ ދެއްވިކަން ބުދަ ދުވަހު ވަނީ އޭއެފްޕީގައި އިއުލާނުކުރައްވާފައެވެ.
މިއީ ހޯމަ ދުވަހުން ފެށިގެން އެ ގައުމުގެ ކެބިނެޓުން އިސްތިއުފާ ދެއްވި ތިންވަނަ ވަޒީރެވެ.
ޖަސްޓިސް މިނިސްޓަރ އިސްތިއުފާ ދެއްވީ ރައީސް އެމަނުއެލް މެކްރޮން ސަރުކާރުގެ މަގާމުތަކަށް ބަދަލު ގެންނެވިތާ ގަޑިއިރުތަކެއްގެ ތެރޭގައެވެ.
ފްޣަންސުވާ ބައިޣޫގެ މޯޑެމް ޕާޓީއަށް ވަނީ ރައީސް މެކްރޮންގެ ކެބިނެޓުން އެ ޕާޓީއަށް ލިބުނު ތިން މަގާމް 24 ގަޑިއިރުތެރޭ ގެއްލިފައެވެ.
މެކްރޮންގެ ލަ ރިޕަބްލިކޭ އެން މާޝޭ ޕާޓީއާ ގުޅިފައިވާ މޯޑެމް ޕާޓީ އަށްވަނީ އީޔޫއިިން ދީފައިވާ ފަންޑު، ޕާޓީއަށް މަސައްކަތްކޮށްދޭ ފަރާތްތަކަށް ޚަރަދުކުރާ ކމުގެ ތުހުމަތުގައި ކުރަމުންދާ ތަހުގީގު އަމާޒުވެފައެވެ.
ޑިފެންސް މިނިސްޓަރ ސިލްވީ ގުލާ އަދި މިނިސްޓަރ އޮފް ޓެރިޓޯރިއަލް ޑިވެލޮޕްމަަންޓް ރިޗާޑް ފެރަންޑް މިނިސްޓަރުކަމުގެ މަގާމުން މިހަފްތާގައި ވަނީ އިސްތިއުފާ ދެއްވާފައެވެ.